ރައީސް، މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

އަައިޝަތު ޒީނާ | 9 ގަޑިއިރު ކުރިން - 20 މޭ 2025 13:34
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މުލީ އެއާޕޯޓު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން. އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ މަހު 25 ގައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މ. މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު އެ އެއާޕޯޓު ހުޅުއްވައިދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު މުލީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މުލީ އެއާޕޯޓު ހިންގަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެވެ. އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައިވަނީ މިދިޔަ މަހު 25 ގައެވެ.

2021 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރި މި މަޝްރޫޢަށް ޖުމްލަ 540 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެ މަޝްރޫޢުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކައި، 1812 މީޓަރު ސަރަޙައްދެއްގެ ގޮނޑުދޮށް ވަނީ ހިމާޔަތްކޮށްފައެވެ. އަދި ފަސިންޖަރުންގެ ޓާމިނަލާއެކު 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ވަނީ ހަދާފައެވެ.

މޯލްޑިވިއަން އިން މިހާރު މުއްޔަށް ދަތުރުތައް ފަށާފައިވާއިރު، ފްލައިޓް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކު ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި އެއްކޮޅު ޓިކެޓެއްގެ އަގަކީ 999 ރުފިޔާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%