ކުޅުދުއްފުށީގައި އުތުރުގެ ލޮޖިސްޓިކަލް ހަބެއް ތަރައްޤީކުރަނީ

އާނާ ފަހީމް | 28 ދުވަސް ކުރިން - 20 މޭ 2025 10:38
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މިއަދު އެމްޕީއެލްއާ ހަވާލުކުކުރުމަށް އެއްބަސްވުމުައި ސޮއިކުރުން/ ފޮޓޯ: އެމްޕީއެލް
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މިއަދު އެމްޕީއެލްއާ ހަވާލުކުކުރުމަށް އެއްބަސްވުމުައި ސޮއިކުރުން/ ފޮޓޯ: އެމްޕީއެލް
ޚުލާސާ

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ހަވާލުކޮށް، އުތުރުގެ ރަށްތަކަށް ޚާއްޞަ ލޮޖިސްޓިކަލް ހަބެއް ތަރައްޤީކުރުމަށް ނިންމައިފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ސަރަހައްދީ ބަނދަރުތައް ތަރައްޤީކޮށް، ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގައި ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢާއި ގުޅޭ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދުއެވެ.

އެމްޕީއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި މި މަޝްރޫޢުގެ އަމާޒަކީ ހއ، ހދ، ށ، އަދި ނ އަތޮޅާއި ވަށައިގެންވާ ރަށްތަކަށް ޚިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ޚާއްޞަ ލޮޖިސްޓިކަލް ހަބެއް ތަރައްޤީކުރުމެވެ. މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ޕޯޓުގެ ޖާގައިގެ ޤާބިލުކަން އިތުރުކޮށް، ކާގޯ ހޭންޑްލިންގ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ބާވަތްތައް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ނިޒާމުތައް ޤާއިމުކުރުންވެސް ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%