މޯލްޑިވްސް ކަސްޓަމްސް އަށް 164 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ކަސްޓަމްސް އިން ކުރި އިއުލާނުގައި ބުނީ މި މަގާމަށް ހޮވޭ މީހުން މަސައްކަތްކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ހުންނަ ކަސްޓަމްސްގެ އޮފީސްތަކުގައި ކަމަށެވެ.
މި މަގާމަށް ކުރިމަތިލާން އެދޭ މީހުންގެ ހުންނަން ޖެހޭނެ ޝަރުތުތަކަކީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި، ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމެވެ.
ކަސްޓަމްސް އިން ބުނީ މި މަގާމުތަކަށް ހޮވޭ ކޮންމެ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 5،000ރ. ދޭނެ ކަމަށެވެ. އަދި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200ރ. އާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މަހަކު 1،750ރ. ދޭނެ ކަމަށެވެ އަދި ކޮއްތު ފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60ރ. ދޭނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުން މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ފޯމު ހުށަހަޅުމަށް ކަސްޓަމްސް އިން ވަނީ އެދިފަ އެވެ.