ޤައުމީ ފެންވަރުގައި 3 ރަށެއްގައި އީދު ފާހަގަކުރަނީ

އަައިޝަތު ޒީނާ | 7 ގަޑިއިރު ކުރިން - 19 މޭ 2025 18:01
ރަށެއްގައި އީދު ފާހަގަކުރަނީ. / ފޮޓޯ: މުހައްމަދު ނަޒީޖް
ރަށެއްގައި އީދު ފާހަގަކުރަނީ. / ފޮޓޯ: މުހައްމަދު ނަޒީޖް
ޚުލާސާ

އީދު ހަރަކާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަން.

ޤައުމީ ފެންވަރުގައި މި އަހަރުގެ އަޟްހާ އީދު ފާހަގަކުރާނެ 3 ރަށެއް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

އެ ވުޒާރާއިން ބުނީ މިއަހަރުގެ އީދު ހަރަކާތްތައް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ކަނޑައަޅާފައިވާ ރަށްތަކަކީ ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަން ކަމަށެވެ.

އެ 3 ރަށް ކަނޑައަޅާފައިވަނީ ވުޒާރާއިން އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ކަމަށް ވުޒާރާއިން ބުންޏެވެ. އަދި އެރަށްތަކުން ރާވައި ހިންގައި ހަރަކާތްތައް ވިލަރެސްކުރަމުން އަންނަ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ އީދު ފާހަގަކުރުމުގައި އިހުގެ ގޮތްތަކަށް އިޔާދަ ވުމަށާއި ސަގާފީ އާދަތަކަށާއި ކުޅިވަރުތަކަށް އިސްކަން ދިނުމަށް ވުޒާރާއިން ހިތްވަރުދޭ ކަމަށެވެ. އެގޮތުން ސްޓޭޖް ޝޯތަކުގައިވެސް މިއުޒިކްގެ ބަދަލުގައި ލަނގިރި، ބަނޑިޔާ ފަދަ ހަރަކާތްތަކަށް އިސްކަންދީގެން ޕްރޮގްރާމް އެކުލަވާލުމަށް ކައުންސިލްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވުޒާރާއިން ބުންޏެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ ޖޫން 7 އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%