Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަނެއްކާވެސް ދެފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް

އަނެއްކާވެސް ދެފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް

އުސްތާޛް މުޙައްމަދު ޢަލީ
433 ދުވަސް ކުރިން - 19 މެއި 2025 16:38
ޖޭ.އެސް.ސީން ދެފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމާއި ގުޅޭ ގޮތުން ގޮތެއް ނިންމަނީ.
ޖޭ.އެސް.ސީން ދެފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމާއި ގުޅޭ ގޮތުން ގޮތެއް ނިންމަނީ.
ޚުލާސާ

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ގުޅޭ މައްސަލަތަކެއް ބެލުމާ މެދު ގޮތެއް ނިންމާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިފައިވާ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށް ޖޭއެސްސީގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން މަސައްކަތް ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީއާއި ގުޅުން އޮންނަ ފަނޑިޔާރު ނިޔާޒާއި ގުޅޭ ގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ ދެ މައްސަލައެކެވެ. މީގެ ތެރޭގައި އޭނާ މެޖިސްޓްރޭޓްކަން ކުރެއްވި ދުވަސްވަރުގެ މައްސަލައެއްވެސް ހިމެނެއެވެ. މި ދެ މައްސަލައަކީވެސް ކުރިން ޖޭއެސްސީން ނުބަލަން ނިންމާފައިވާ މައްސަލަތަކެކެވެ. ފަނޑިޔާރު މާނިއު މައްސަލައެއްވެސް ވަނީ ޖޭއެސްސީއަށް ހުށަހަޅާފައެވެ. ނަމަވެސް މާނިއުއާއި ގުޅޭ ސުލޫކީ މައްސަލައާއި ބެހޭގޮތުން ޖޭއެސްސީން ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ގާޒީ ފަރުހާދާ ގުޅޭ ގޮތުން ހުށަހެޅިފައިވަނީ ޑިސްޕިއުޓް މަރުހަލާގައި ނިންމި ނިންމުމެއްގައި އޮތް ލިޔުމުގެ ކުށެއްގެ މައްސަލައެކެވެ. މި މައްސަލައަކީވެސް ހައި ކޯޓުގެ ސަމާލުކަމަށް ގެނެވި، ލިޔުމުގެ ކުށެއްކަމަށް ނިންމައި، ފަހުން އިސްލާހުކުރެވިފައިވާ މައްސަލައެކެވެ. އަދި މިއީވެސް ޖޭއެސްސީން ކުރިން ގޮތް ކަނޑައަޅާފައި އޮތް މައްސަލައެކެވެ.

Advertisement

Advertisement 1

ނަމަވެސް، މި ތިން މައްސަލަ އަލުން ބަލަން ފަށާފައިވާކަން ފާހަގަކުރެވެއެވެ. ޖޭއެސްސީގެ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ވަނީ ފަނޑިޔާރު ނިޔާޒާއި ގާޒީ ފަރުހާދުގެ ފަރާތުން މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައެވެ. އަދި މި މައްސަލަތައް ބެލުމާ މެދު ގޮތެއް ނިންމުމަށް ކޮމިޝަންގެ ބައްދަލުވުމަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަން އެނގިފައިވެއެވެ.

ފަނޑިޔާރު ނިޔާޒަކީ ހައި ކޯޓުގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެންބަރެވެ. އަދި ގާޒީ ފަރުހާދަކީ ސިވިލް ކޯޓުގެ ގާޒީންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ގާޒީއެވެ.

ސިވިލް ކޯޓްފަނޑިޔާރުހައިކޯޓުހައި ކޯޓުޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްވީކްރައިސިސް ހިންގަނީ ޝުންބާ ކަމުގެ ހެއްކެއް ނެތް: ސިވިލް ކޯޓު

އެމްވީކްރައިސިސް ހިންގަނީ ޝުންބާ ކަމުގެ ހެއްކެއް ނެތް: ސިވިލް ކޯޓު

44 ދުވަސް ކުރިން - 18:09

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް ކޯޓުން އަމުރުކޮށްފި

ޖަލުގެ ކުރީގެވެރިޔަކަށް އެއްފަހަރާ ފައިސާ ދިނުމަށް އަމުރުކޮށްފި

61 ދުވަސް ކުރިން - 13:18

91 އަހަރުގެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރު ކޮށްފި

ނުވަދިހައެއްއަހަރުގެ މީހަކު ބަންދުގައިބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފި

74 ދުވަސް ކުރިން - 14:42

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާ ގަވާއިދަށް އިސްލާހެއް ގެނެސްފި

ޖިނާއީ މައްސަލަތައް ބަލާ ފަނޑިޔާރުން ބަދަލުކުރާގޮތް އިސްލާހުކޮށްފި

94 ދުވަސް ކުރިން - 23:25

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް މޫސާ އައްޔަން ކުރައްވައިފި

ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޖަމީލް އައްޔަން ކުރައްވައިފި

96 ދުވަސް ކުރިން - 22:36

ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވައިލަނީ

ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލަން ގާނޫނު އިސްލާހުކުރަނީ!

96 ދުވަސް ކުރިން - 21:00