ވައިގެމަގުން އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

އާނާ ފަހީމް | 10 ގަޑިއިރު ކުރިން - 19 މޭ 2025 16:24
ކަސްޓަމްސް ބިލްޑިންގ/ ފޮޓޯ: ޚުލާސާ
ކަސްޓަމްސް ބިލްޑިންގ/ ފޮޓޯ: ޚުލާސާ
ޚުލާސާ

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ އަގުހުރި ކޮކެއިން ކަސްޓަމްސްއިން އަތުލައިގެންފި. މި މައްސަލަ މިހާރުވަނީ ތަޙުޤީޤަށް ފުލުހުންނާ ޙަވާލުކޮށްފަ

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ ކޮކެއިން ކަސްޓަމްސްއިން އަތުލައިގަތްކަމަށް އެ އިދާރާއިން މިއަދު ހާމަކޮމަކޮށްފިއެވެ.

ކަސްޓަމްސްއިން މައުލޫމާތުދިން ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަނެވިފައިވަނީ ނިމިދިޔަ އޭޕްރީލް 27 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެވުނު ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސްއިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު ކޮކެއިންގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިކަމަށް ކަސްޓަމްސްއިން ހާމަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%