Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވައިފި

މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވައިފި

އާނާ ފަހީމް
478 ދުވަސް ކުރިން - 19 މެއި 2025 14:44
ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ކެއުޅުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް މިއަދު ހެނދުނު ކެޔޮޅުންނާއި ބައްދަލުކުރައްވައި، މަސްވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތަކަށް އަޑުއައްސަވައި، އެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.

މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ކެއުޅުންނާ ބައްދަލުކުރައްވައި ފާހަކަފުޅުދައްކަވަމުންނެވެ. 

މި ބައްދަލުވުމުގައި ކެޔޮޅުންގެ ފަރާތުން އެންމެ ބޮޑަށް އެދިފައި ވަނީ ސަރުކާރުގެ ވަޢުދާއި އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށެވެ. މީގެ އިތުރުން، މިފްކޯއިން މަސްވެރިންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކަށި ބޭނުންކުރުމަށް ބަދަލުކޮށްދިނުމަށާއި، މަސް ކަނދުފަތި އިތުރުކޮށްދިނުމަށާއި، މަސްކިރާ ތަންތަން އިތުރުކޮށްދިނުމަށާއި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފައިވެއެވެ.

ރައީސް ވަނީ އެ މަނިކުފާނުގެ ވަޢުދާއި އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުވަހުންދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ބޭންކު ލޯނު މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި، އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement

Advertisement 1

ރައީސް ވަނީ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރުކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި މިއަދުގެ ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންކަންވެސް ޙައްލުކުރުމަށް މަސްވެރިކަމުގެ ސިނާޢަތުގައި އުޅުއްވާ ބޭފުޅުންނާ ގާތުން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެއްކަމަށް ކެއުޅުން ފާހަގަކުރައްވާފައިވެއެވެ. އަދި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި މަސްވެރިކަމާއި ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްވެރިކަންރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05