އުދުވާން ފުޅާކުރުމަށްފަހު ކާބޯތަކެތި އެތެރެކޮށްދޭނެ ކަމަށް އިސްރާއީލުން ބުނެފި

ޖަވާދު | 8 ގަޑިއިރު ކުރިން - 19 މޭ 2025 12:15
އިސްރާއީލުން ޣައްޒާގެ ޢިމާރާތަކަށް ބޮން އަޅަނީ: ހަމަލާތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ.
އިސްރާއީލުން ޣައްޒާގެ ޢިމާރާތަކަށް ބޮން އަޅަނީ: ހަމަލާތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފަ.
ޚުލާސާ

އިސްރާއީލުން އެންމެ ފަހުން ބުނެފައިވަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދޭނީ އިސްރާއީލުން ފުރިހަމަޔަށް ޗެކު ކުރުމަށްފަހު ކަމަށާއި، ކާބީތަކެތި ވެއްދޭނީ ވެސް ވަކި މިންވަރަކަށް.

ޣައްޒާގައި ހިންގަމުންދާ އުދުވާން އިތުރަށް ފުޅާ ކުރުމަށް ފަހު، އެ ސަރަހައްދަށް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުސަތު ދޭނެ ކަމުގައި އިސްރާއީލުން ބުނެފިއެވެ. މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެއްވެސް މިންވަރަކަށް ކާބޯތަކެތި އެތެރެ ކުރުން އިސްރާއީލުން ވަނީ މަނާ ކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މި ނިންމުން އިއުލާނުކޮށްފައިވަނީ ޣައްޒާގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި އުދުވާން އިތުރަށް ހަރުކަށިކޮށްފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 140 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ދާއިރާއިން ބުނެފައިވެއެވެ.

އދ. ގެ އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އިދާރާ (އޯސީއެޗްއޭ) އިން ބުނެފައިވަނީ ޣައްޒާއަށް ކާބޯތަކެތި އެތެރެކުރުމުގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން އިސްރާއީލާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ނުރަސްމީ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، އުދުވާން ހުއްޓުވުމަށް އިސްރާއީލުން ދަނީ އިންކާރު ވެސް ކުރަމުންނެވެ. އިސްރާއީލުން ބުނަނީ ގަދަފަދަ ހަމަލާތައްދީ ހަމާސް ބަލިކޮށްލައި ރަހީނުން މިނިވަންކޮށްގެން އިސރާއީލަށް ގެންދާނެ ކަމަށާއި، ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ވެސް ކުރިޔަށް އިތް ތަނުގައި ހަމާސްއަށް އެއްވެސް ފުރުސަތެއް ނުދީ، މުޅި ޣައްޒާގެ ފުރިަމަ ކޮންޓްރޯލް ނަގާނީ އިސްރާއީލުން ކަމަށެވެ.

އިސްރާއީލުން އެންމެ ފަހުން ބުނެފައިވަނީ ޣައްޒާއަށް ކާބޯތަކެތި ވެއްދޭނީ އިސްރާއީލުން ފުރިހަމަޔަށް ޗެކު ކުރުމަށްފަހު ކަމަށާއި، ކާބީތަކެތި ވެއްދޭނީ ވެސް ވަކި މިންވަރަކަށެވެ.

ޣައްޒާއަށް ކާބޯތަކެތި ވައްދަން އިސްރާއީލުން އެއްބަސްވެފައި މިވަނީ ޢަރަބި ޤައުމުތަކުން އެކަމަށް ޓްރަމްޕާއެކު މަޝްވަރާތައް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%