Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑްކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ސަސްޕެންޑްކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
476 ދުވަސް ކުރިން - 19 މެއި 2025 02:44
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު: ވަޒީރު ވިދާޅުވެފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު: ވަޒީރު ވިދާޅުވެފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް.
ޚުލާސާ

އެސޯސިއޭޝަން ސަސްޕެންޑްކުރީ އާ ހިންގާ ކޮމިޓީއެއް އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވުމާއި، އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ނުގެނެވި އޮތުމުން.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑްކޮށްފިއެވެ. މި ނިންމުމާއެކު ރާއްޖޭގެ ބެޑްމިންޓަން ދާއިރާއަށް ބޮޑު ލޮޅުމެއް އަރާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ކުޅިވަރާބެހޭ ވުޒާރާއިން މީގެކުރިން ވަނީ އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ވެސް ނަގާފައެވެ. އެކަމާއި ގުޅިގެން ހުސްވި މަހުގެ 30 ވަނަ ދުވަހު އެ އެސޯސިއޭޝަނުން ބުނީ ހިންގާ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވެންދެން އެ އެސޯސިއޭޝަނަށް ދީފައިވާ ޤައުމީ ޙައިސިއްޔަތު ވަގުތީ ގޮތުން މިނިސްޓްރީން އުވައިލީ ކަމަށެވެ.

ބީޑަބްލިއުއެފް އިން ދިވެހި ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރަން ނިންމީ ބީއޭއެމްގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން އުފެއްދި ކޮމިޓީގެ މަސައްކަތަށް، ކޮމިޝަނަރ އޮފް ސްޕޯޓްސްއާއި ގުޅިގެން އެމްއޯސީ އިން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެއެވެ.

Advertisement

Advertisement 1

ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް އުފެދުނީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު މިދިޔަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހު ހަމަވެގެން ގޮސް، އާ ހިންގާ ކޮމިޓީއެއް އެކުލަވާނުލެވި ގިނަ ދުވަސްތަކެއް ވުމާއި، އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ނުގެނެވި އޮތުމުންނެވެ.

މި މައްސަލަ ހައްލުކުރުމަށް ބީޑަބްލިއުއެފް އިން އަންގާފައިވަނީ ތިން މެންބަރުންގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލުމަށެވެ. ނަމަވެސް އެމްއޯސީ އިން ވަނީ އިތުރު ދެ މެންބަރުން އެ ކޮމިޓީއަށް އައްޔަންކޮށްފައެވެ. އަދި ކޮމިޓީގެ ނިންމުންތައް ނިންމަންވާނީ ވޯޓުން ކަމަށް އެމްއޯސީ އިން އަންގާފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް، ބީޑަބްލިއުއެފްއިން އެދުނީ ކޮމިޓީގެ ނިންމުންތައް ވޯޓުން ނިންމުމުގެ ބަދަލުގައި މަޝްވަރާގެތެރެއިން ނިންމާށެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ސަރުކާރުން މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އަވަސް ހައްލެއް ހޯދުމަށް އަންގަވާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

8 ދުވަސް ކުރިން - 13:25

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

52 ދުވަސް ކުރިން - 00:29

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

145 ދުވަސް ކުރިން - 19:51

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

187 ދުވަސް ކުރިން - 13:53

އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް ދީމާ, މުންސިފް, އަޒްނީން އަދި އީމާ

އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނަށް އެވޯޑު ދީފި

202 ދުވަސް ކުރިން - 17:05

މިދިޔަ އަހަރުގެ ކުޅިވަރު އެވޯޑު ހަފްލާ މިއަހަރުގެ ފަހުކޮޅަށް

2025ގެ ކުޅިވަރު އެވޯޑު ހަފްލާ މިއަހަރުގެ ފަހުކޮޅަށް

205 ދުވަސް ކުރިން - 15:12