Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ރައީސް ގޮވާލައްވައިފި

ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ރައީސް ގޮވާލައްވައިފި

އާނާ ފަހީމް
471 ދުވަސް ކުރިން - 19 މެއި 2025 00:38
ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނުގެ ރައީސާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނުގެ ރައީސާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މި ޙަމަލާތައް ވަގުތުން ހުއްޓުވުމަށާއި ޣައްޒާގެ ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސް ގޮވާލައްވައިފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވްވެރިކުރައްވައިފިއެވެ. އަދި މި ހަމަލާތައް ވަގުތުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށް ޣައްޒާގެ ރައްޔިތުންގެ ފުރާނަ ހިމާޔަތްކުރުމަށް ގޮވާލައްވާފައިވެއެވެ.

"ޣައްޒާގެ ކުށެއްނެތް އެތައް ބަޔަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މި ލާއިންސާނީ ޢަމަލުތައް ވަގުތުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ ކުރިން، އ.ދ.ގެ 79 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައިވެސް، ޣައްޒާގައި ހިނގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށާއި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައްވާފައިވެއެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެކަން ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް އިތުރަށް ހަރުކަށިކޮށްފައެވެ. މިހާތަނަށް އެތައް ސަތޭކަ ރައްޔިތުންނެއް ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނާ ގޮތުގައި 2023 އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް 53,272 މީހުން ޝަހީދުވެފައިވެއެވެ. އަދި 120,673 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ޣައްޒާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

9 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

10 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

13 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%