އޭދަފުށީ ބަނދަރުގެ މަސައްކަތައްކަތުގެ 87 އިންސައްތަ ނިމިއްޖެ

އާނާ ފަހީމް | 154 ދުވަސް ކުރިން - 18 މޭ 2025 12:24
ބ. އޭދަފުށީ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް /ފޮޓޯ: އެމްޓީސީސީ
ބ. އޭދަފުށީ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް /ފޮޓޯ: އެމްޓީސީސީ
ޚުލާސާ

އޭދަފުށީ ތޮށި ލުމާއި، ރޭމްޕް އަދި ބްރިޖް ހެދުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީއިން ބުނޭ.

ބ. އޭދަފުށީ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފިއެވެ. އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، އޭދަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކޮންކްރީޓް ބްލޮކްސް އާއި ކުއޭ ވޯލްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މި މަސައްކަތްތަކުގެ 87 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، 28,304 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 402 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ބޭރުތޮށި ލުމާއި، 383 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއްވިއެވެ.

މީގެ އިތުރުން، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 1814 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ 64.67 މިލިއަން ރުފިޔާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%