ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހޯދަން އިޢުލާންކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 30 ދުވަސް ކުރިން - 18 މޭ 2025 11:19
ސުޕްރީމްކޯޓަށް ފަނޑިޔާރުން ހޯދަން އިޢުލާން ކޮށްފި.
ސުޕްރީމްކޯޓަށް ފަނޑިޔާރުން ހޯދަން އިޢުލާން ކޮށްފި.
ޚުލާސާ

މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ހަމަޔަށް ވަނީ ހުޅުވާލާފައި. ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑްކޮޕީ ހުށަހަޅައިގެންވެސް ކުރިމަތިލެވޭނެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމެވުމާގުޅިގެންނެވެ.

ޖޭއެސްސީން ވިދާޅުވީ މި މަޤާމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރު ފުރިފައިވާ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައި ހުރި ފަރާތަކަށް ވާންޖެހޭނެއެވެ.

މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު 22 މޭ 2025 ވަނަ ދުވަހުގެ މެންދުރު 12:00 ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%