Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގެ ސަރަހައްދުތަކުގެ ކޮންޓްރޯލް އަތުލުމަށް އިސްރާއީލުން ބޮޑު އޮޕަރޭޝަނެއް ފަށައިފި ކަމަށް އިޢުލާން ކޮށްފި

ޣައްޒާގެ ސަރަހައްދުތަކުގެ ކޮންޓްރޯލް އަތުލުމަށް އިސްރާއީލުން ބޮޑު އޮޕަރޭޝަނެއް ފަށައިފި ކަމަށް އިޢުލާން ކޮށްފި

ޖަވާދު
470 ދުވަސް ކުރިން - 17 މެއި 2025 15:35
ކުއްލި ޚަބަރު: ހަމާސްގެ ސަރަހައްދުތައް އަތުލައި، އެހީ ފޯރުކޮށްދިނުމުގެ ފުރިހަމަ ކޮންޓްރޯލް އިސްރާއީލުގެ ދަށަށް ގެނައުމަށް އޮޕަރޭޝަނެއް ފަށައިފި ކަމަށް އިސްރާއީލުން އިޢުލާން ކޮށްފި.
ކުއްލި ޚަބަރު: ހަމާސްގެ ސަރަހައްދުތައް އަތުލައި، އެހީ ފޯރުކޮށްދިނުމުގެ ފުރިހަމަ ކޮންޓްރޯލް އިސްރާއީލުގެ ދަށަށް ގެނައުމަށް އޮޕަރޭޝަނެއް ފަށައިފި ކަމަށް އިސްރާއީލުން އިޢުލާން ކޮށްފި.
ޚުލާސާ

އިސްރާއީލުން މިހާރު ދަނީ ބޯޑަރު ކައިރިއަށް ހަތިޔާރުތައް އެއްކުރަމުން.

ޣައްޒާގައި ހަމާސް ބަލިކޮށް، ދެން ތިބި ރަހީނުން މިނިވަންކުރުމަށް ކަމަށް ބުނެ ބޮޑު އޮޕަރޭޝަނެއް ފަށައިފިކަމަށް އިސްރާއީލުގެ ސިފައިން މީގެ އިރުކޮޅެއް ކުރިން އިއުލާނުކޮށްފިއެވެ.

އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް)އިން އެ ޤައުމުގެ ބަހުން އެކްސްގައި ބުނެފައިވަނީ "އޮޕަރޭޝަން ގިޑިއަންސް ޗެރިއަޓްސް" ގެ ނަމުގައި ޣައްޒާގެ "މުހިންމު ސަރަޙައްދުތަކެއް" އަތުލުމަށް ސިފައިން ތައްޔާރުކޮށްފައިވާ ކަމަށެވެ.

ހަމާސްއިން ހިންގާ ސިވިލް ޑިފެންސް އަދި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 250 އެއްހާ މީހުން ޝަހީދުކޮށްލައިފި އެވެ.

Advertisement

Advertisement 1

މާރިޗު މަހު ދެ މަސް ދުވަހުގެ ހަނގުރާމަ ހުއްޓުމަކަށް އައުމަށްފަހު އިސްރާއީލުން ވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓާލާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެފައިވަނީ "ޣައްޒާގައި ގިނަ ބަޔަކު ބަނޑަށް ޖެހިފައި" ތިބި ކަމަށެވެ.

އިސްރާއީލުގެ ސިފައިންގެ އިނގިރޭސި ބަހުގެ އެކްސް އެކައުންޓުގައި މި އޮޕަރޭޝަންގެ ނަން ބޭނުންކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެ އެކައުންޓުގައި ބުނެފައިވަނީ ހުރިހާ ރަހީނުން ސަލާމަތް ކުރާނެ ކަމަށާއި ހަމާސް ބަލިކުރާނެ ކަމަށެވެ. އަދި ރަހީނުން މިނިވަން ވަންދެން މިހާރު ފަށާ އޮޕަރޭޝަން ހުއްޓާނުލާނެ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމަށާއި ޣައްޒާ އަށް ވަދެ ނުކުމެވޭ މަގުތައް ހުޅުވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލަމުންދާއިރުވެސް، އިސްރާއީލުން ވަނީ ފަރުވާލެއް ނުބަހައްޓައެވެ.

ޚަބަރުތައް ބުނާގޮތުން އިސްރާއީލުން މިހާރު ވަނީ ބޯޑަރު ސަރަޙައްދުގައި އިތުރު ހަތިޔާރު އެއްކުރަން ފަށާފަވެ.

ބައެއް މަސްދަރުތަކުން ބުނެފައިވާ ގޮތުގައި "ގިޑިއަންސް ޗެރިއަޓްސް" ނުވަތަ ޒައެނިސްޓުން ބުނާ ގޮތުންނަމަ ބައިބަލުގައި ބަޔާންކުރާ ހަނގުރާމަވެރިއެއްގެ ނަމަށް ނިސްބަތްކޮށް ކިޔާފައިވާ މި އޮޕަރޭޝަނުގައި - އައިޑީއެފްއިން ޣައްޒާގެ ސަރަޙައްދުތަކެއް އަތުލައި، އާންމުން ދެކުނަށް ބަދަލުކޮށް، ހަމާސްއަށް ހަމަލާދީ، އެހީ ފޯރުކޮށްދިނުމުގެ ކަންކަން ހަމާސްގެ ބާރުގެ ދަށުން ނެގުމަށް މަސައްކަތްކުރާނެއެވެ.

އިސްރާއީލްޣައްޒާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާ ފަސްގަނޑުން އަދިވެސް ފެންނަނީ ހަށިގަނޑުތައް

ހަނގުރާމަ ހުއްޓުނަސް ކަފުންކުރުން ނުހުއްޓޭ - ޣައްޒާއިން އަދިވެސް ފެންނަނީ ހަށިގަނޑުތައް

18 ދުވަސް ކުރިން - 14:25