Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުޖުތަމަޢުގެ އެންމެން ޝާމިލް ކުރުމުގެ ސަގާފަތެއް ގެންގުޅެން ޖެހޭ: ރައީސް

މުޖުތަމަޢުގެ އެންމެން ޝާމިލް ކުރުމުގެ ސަގާފަތެއް ގެންގުޅެން ޖެހޭ: ރައީސް

އައިޝަތު އީމާން
473 ދުވަސް ކުރިން - 16 މެއި 2025 12:54
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: އެމަނިކުފާނު ވިދާޅުވީ މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށް.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު: އެމަނިކުފާނު ވިދާޅުވީ މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށް.
ޚުލާސާ

ސަރުކާރުން މިހާރުވެސް ދަނީ އެންމެން ޝާމިލުވާ މުޖުތަމަޢެއް ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން.

ސަމާހަތްތެރިކަމާއި އެކު މުޖުތަމަޢުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގުޅިގެން އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހި މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ ދނީ ދިވެހި މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށެވެ. އަދި އެންމެން ގުޅިގެން އަމާންކަމާއެކު ކުރިއެރުމުގެ މަގު ފަހިކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސް ދަނީ އެންމެން ޝާމިލުވާ މުޖުތަމަޢެއް ޤާއިމުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެފަދަ ފަރާތްތަކަކީވެސް ޤައުމުގެ ކުރިއެރުމުގައި ދައުރެއް އަދާކުރެވިދާނެ ބަޔަކަށް ހެދުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަވަމުން ގެންދަވައެވެ.

މީގެ އިތުރުން، ދިވެހި މުޖުތަމަޢަކީ އަމާން އަދި ސުލްޙަވެރި ތަނަކަށް ހެދުމަށްޓަކައި، އިޖުތިމާޢީ ބަލިތައް ނައްތާލުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހުގެ މަޤްޞަދަކީ އެކި މިޒާޖުތަކުގެ މީހުން އުޅޭކަން ޤަބޫލުކޮށް، އެހެން މީހުންނަށް އިޙްތިރާމްކޮށް، ބަލައިގަނެ، އެމީހުންގެ ވާހަކަތައް އަޑުއަހައި އެއްބައިވަންތަކަމާއެކު ދިރިއުޅުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

9 ގަޑިއިރު ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

10 ގަޑިއިރު ކުރިން - 16:10

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

ރާއްޖޭގެ ކަނޑުއަޑިން ތެލާއި މައުދަން ހޯދައި ނެގުމަށް ހާއްސަ ގާނޫނެއް ހަދަނީ

13 ގަޑިއިރު ކުރިން - 13:13

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:54

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

1 ދުވަސް ކުރިން - 18:26