ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޣައްސާނާއި ޝިޔާމް ހަމަޖައްސައިފި

އައިޝަތު އީމާން | 156 ދުވަސް ކުރިން - 15 މޭ 2025 01:02
ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ކަނޑައަޅާފަ.
ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ކަނޑައަޅާފަ.
ޚުލާސާ

މިއާއެކު، މިހާރު ޕީއެންސީގައި ޖުމްލަ އަށް ނައިބު ރައީސުން ތިއްބަވާ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިތުރު ދެ ނައިބު ރައީސުން ހަމަޖައްސައިފިއެވެ. މިގޮތުން އަލަށް ނައިބު ރައީސުންގެ މަޤާމަށް ހަމަޖައްސާފައިވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.

ޕީއެންސީގެ މައި ޕާޓީގެ ގޮތުގައި ކުރިން އޮތް ޕީޕީއެމް އުވާލުމަށްފަހު، އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޣައްސާނާއި ޝިޔާމް ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖެއްސެވީ މިރޭ ބޭއްވުނު ޕީއެންސީގެ ސެނެޓު ބައްދަލުވުމެއްގައެވެ

މި ދެ ބޭފުޅުން އިތުރުވުމާއެކު، މިހާރު ޕީއެންސީގައި ޖުމްލަ އަށް ނައިބު ރައީސުން ތިއްބަވައެވެ. އެ ބޭފުޅުންގެ ތެރޭގައި:-

1. ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް،

2. ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު،

3. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު،

4. އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް،

5. ޔޫއޭއީއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އަދި

6. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވައެވެ.

ޕީއެންސީގެ އެންމެ އިސް ފަންތީގައި ތިއްބަވަނީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ޗެއާޕާސަން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މިރޭ ބޭއްވުނު ސެނެޓު ބައްދަލުވުމުގައި ރައީސް މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ކުރިއަށް ހުރި އެކި ހަރަކާތްތަކާއި އެތެރޭގެ ހިންގުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%