އެހީގެ ކޮރިޑޯއެއް ހެދުމުގެ ނަމުގައި ޣައްޒާގެ އެތައްހާސް ގެއެއް ތަޅާލައި އެތަންތަން ސާފުކޮށް ބިން ފޭރިގަންނަނީ

ޖަވާދު | 7 ދުވަސް ކުރިން - 15 މޭ 2025 14:42
ފަހަރަކު ތަނެއް ތަޅައި ސުންނާފަތިކޮށް، ޣައްޒާގެ ބިންތައް އިސްރާއީލުން ފޭރިގަތުން / ފޮޓޯ: ބީބީސީ
ފަހަރަކު ތަނެއް ތަޅައި ސުންނާފަތިކޮށް، ޣައްޒާގެ ބިންތައް އިސްރާއީލުން ފޭރިގަތުން / ފޮޓޯ: ބީބީސީ
ޚުލާސާ

މި ކޮރިޑޯ މެޑިޓަރޭނިއަން ކަނޑުން ފެށިގެން އިސްރާއީލުގެ ބޯޑަރާއި ހަމައަށް ދެމިގެންދާނެ.

ބީބީސީން ކަށަވަރުކޮށްދީފައިވާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި އިސްރާއީލުން ޣައްޒާގެ އުތުރުގައި އަސްކަރީ ކޮރިޑޯއެއް އެޅުމުގެ މަސައްކަތް ފަށައިފައެވެ. މި ކޮރިޑޯ ހެދުމަށްޓަކައި ޣައްޒާގެ ދެކުނުން ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ތަޅާލާފައެވެ. މި ކޮރިޑޯ މެޑިޓަރޭނިއަން ކަނޑުން ފެށިގެން އިސްރާއީލުގެ ބޯޑަރާއި ހަމައަށް ދެމިގެންދާނެއެވެ.

ފޮޓޯއިން ވާތްފަރާތުން ފެންނަނީ 19 އޮކްޓޯބަރު 2023 ގައި ޣައްޒާގެ ޢާއިލާތައް ދިރިއުޅުނު ސަރަޙައްދު ހުރި ގޮތެވެ. ކަނާތްފަރާުގައިވާ ފޮޓޯއިން ފެންނަނީ 12 ނޮވެންބަރު 2024ގައި އެތަނުގެ ހާލަތެވެ. މިހާރު އެ ބިން އެއްކޮށް ސާފުކޮށް، އެތަނަކީ ބައިނަލްއަޤްވާމީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ޣައްޒާ ރައްޔިތުންނަށް އެހީގެ ކޮރިޑޯއެއް ހެދުމަށޭ ބުނެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވާ ސަރަޙައްދެކެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި ކޮރިޑޯގެ މަޤްސަދަކީ ހަމާސްގެ ބާރު ނައްތާލުމާއި ޣައްޒާ ސިޓީއާއި، ޖަބާލިއާ، ބައިތުލް ހަނޫން އަދި ބައިތުލް ލާހިޔާގެ ފުރިހަމަ ކޮންޓްރޯލް އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމެވެ. މިގޮތުން މި ސަރަހައްދުތައް ޣައްޒާގެ އެހެން ސަރަހައްދުތަކާއި ވަކިވެގެންދާނެއެވެ.

މިހާރު މި ސާފުކޮށްފައިވާ ސަރަހައްދުގައި އިސްރާއީލުގެ އަސްކަރީ އުޅަނދުތަކާއި ސިފައިން ތިބިކަން ފާހަގަކުރެވެއެވެ. އިސްރާއީލުން ބުނަނީ އެތަންތަން ސާފުކުރީ ޣައްޒާ ރައްޔިތުންނަށް އެހީ ފޯރިކޮށްދިނުމަށެވެ.

ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިސަރަހައްދު ސާފުކޮށްފައިވަނީ ގެދޮރު ދޫކޮށް ދިޔަ ފަލަސްތީނުގެ 100,000 އަށްވުރެ ގިނަ މީހުން އަނބުރާ އެތަނަށް އައިސް ވަޒަންވެރި ނުވެވޭނެ ގޮތަށް ހެދުމަށްޓަކައި އިސްރާއީލުގެ މަކަރުވެރި ޕްލޭނުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ.

ޣައްޒާ

އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގެ އުތުރަށް އެއްވެސް މިންވަރަކަށް ކާބޯތަކެތި ނުވެއްދޭތާ 40 ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާރު އިސްރާއީލުން ވަނީ އެހީ ބެހުމުގެ އައު ނިޒާމެއް ހުށަހަޅާފައެވެ. މިގޮތުން "ހިއުމަނިޓޭރިއަން ޒޯން" ތަކެއް ހަދައި، އާންމުން އެތަންތަނަށް ގޮސް ކާބޯތަކެއްޗާއި އެހެނިހެން ތަކެތި ނަގާ ގޮތަށެވެ.

އެމެރިކާގެ އެހީތެރިކަމާއެކު އުފައްދާފައިވާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ރާވާފައިވަނީ މި މަހުގެ ނިޔަލަށް މި ޒޯންތައް މެދުވެރިކޮށް އެހީ ބެހުމަށެވެ. ނަމަވެސް އެ ފައުންޑޭޝަނުން ވަނީ ޣައްޒާގެ އުތުރުގެ ގިނަ ސަރަޙައްދުތަކަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އިސްރާއީލަށް ގޮވާލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%