ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި މައްސަލައެއް ބަލަނީ

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 14 މޭ 2025 14:10
އައްޑޫ ސިޓީ: ކުއްޖެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހީ އައްޑޫ ސްކޫލެއްގެ ޓީޗަރެއް ކަމަށް ފުލުހުން ބުނޭ.
އައްޑޫ ސިޓީ: ކުއްޖެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހީ އައްޑޫ ސްކޫލެއްގެ ޓީޗަރެއް ކަމަށް ފުލުހުން ބުނޭ.
ޚުލާސާ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަރިވަރަކީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިން ކޮށްފައިވާ ކުއްޖެއް.

ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީގެ ސްކޫލެއްގައި ކަމަށެވެ.

ކުއްޖާގެ ބޮލުގައި ޖެހީ ކްލާހުގައި އެ ކުއްޖާ އިން އިރު ޑެސްކުގައި ބޯ އަޅައިގެން އޮއްވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޯމަދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި ދަރިވަރު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށްވެސް ދެއްކި ނަމަވެސް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދަރިވަރަކީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިން ކޮށްފައިވާ ކުއްޖެކެވެ. އަދި އިތުރު އޮޕަރޭޝަނެއް ވެސް ކުރަން ޖެހޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

3 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%