މަހާޒް އާއި އަޒްމިރާލްދާ މަޤާމުން ވަކިކޮށްފި

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 14 މޭ 2025 13:25
އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން ވަކިކޮށްފި. / ފޮޓޯ: ޚުލާޞާ
އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމުން ވަކިކޮށްފި. / ފޮޓޯ: ޚުލާޞާ
ޚުލާސާ

68 މެމްބަރުންގެ ތާއީދާއެކު ފަނޑިޔާރު މަހާޒްއާއި އަޒްމިރާލްދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކޮށްފި.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ވޯޓު ދީފިއެވެ. މި ދެ ފަނޑިޔާރުން ވަކިކުރުމަށް ނެގުނު ވޯޓުގައި 68 މެންބަރުން ތާއީދުކުރެއްވިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ. ޖޭއެސްސީން މި މައްސަލަ ހުށަހެޅުއްވީ ދެ ފަނޑިޔާރުން ދަށު ކޯޓުގެ ޤާޟީންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. މި މައްސަލައަކީ ޑރ. އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު ނިންމެވީ ދެ ފަނޑިޔާރުން ވަކިކުރުމުގައި އިޖުރާޢީ މައްސަލައެއް ނެތްކަމަށެވެ. ގިނަ މެންބަރުން ވަނީ މި ނިންމެވުމަށް ތާއީދުކުރައްވާފައެވެ.

މެންބަރުން ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވި ގޮތުގައި 2018 އިން 2023 އަށް އެމްޑީޕީން ވަނީ 56 ފިޔަވަޅެއް ފަނޑިޔާރުންނާ ދެކޮޅަށް އަޅާފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުގައި އަޅާފައިވަނީ 5 ފިޔަވަޅެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%