Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަޖިލިސްދޮށަށް އެއްވެ ގައުމު ހަލަބޮލިކުރަންއުޅުމުން ދިޔައީ ފެނަށް!

މަޖިލިސްދޮށަށް އެއްވެ ގައުމު ހަލަބޮލިކުރަންއުޅުމުން ދިޔައީ ފެނަށް!

އުސްތާޛް މުޙައްމަދު ޢަލީ
483 ދުވަސް ކުރިން - 14 މެއި 2025 14:18
10 ވަރަަކަށް މީހުން މަޖިލިސް ދޮށަށް އެއްވި މަންޒަރު ކަވަރުކުރުމަށް ސަންގު ޓީވީގެ ނޫސްވެރިއަކު ހަރަކާތްތެރިވަނީ: އޭނާ ވިދާޅުވީ އިދިކޮޅުން އުންމީދުކުރި ތަރުހީބެއް ނުލިބުނު ކަމަށް.
10 ވަރަަކަށް މީހުން މަޖިލިސް ދޮށަށް އެއްވި މަންޒަރު ކަވަރުކުރުމަށް ސަންގު ޓީވީގެ ނޫސްވެރިއަކު ހަރަކާތްތެރިވަނީ: އޭނާ ވިދާޅުވީ އިދިކޮޅުން އުންމީދުކުރި ތަރުހީބެއް ނުލިބުނު ކަމަށް.
ޚުލާސާ

10:30 ވީއިރު މަޖިލިސް ކައިރީގައި ޕޯސްޓަރުތައް ހިފައިގެން ތިބީ ދިހަވަރަކަށް މީހުން.

ކޮރަޕްޝަނާއި ފަސާދަ އިތުރުވިޔަނުދިނުމަށް، އެފަދަ ކަންކަމުގައި ޝާމިލުވާ ފަނޑިޔާރުން ވަކިކުރުމަށް ހުށަހެޅޭ މައްސަލަތައް ބަލައި ދިރާސާ ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ދެފަނޑިޔާރަކު ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާ ކޮށްފައިވާތީވެ، ދަނޑިވަޅު ބަލައި އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް ކުރި މަސައްކަތް ފެނަށް ވެއްޖެއެވެ.

އިއްޔެއާއި ރޭއްސުރެ އިދިކޮޅުން ދިޔައީ މިއަދު ހެނދުނު އަޒްމިރާލްދާ އާއި މަހާޒް ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރަން އުޅޭތީވެ އެކަމުގެ ފައިދާ ނަގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭދޮށަށް ރައްޔިތުން ނެރެ ގައުމު ހަލަބޮލިކޮށްލާށެވެ.

ނަމަވެސް އެތަނަށް މިއަދު ހެނދުނު 10:30 ވީރު ވެސް 10 މީހުންނަށް ވުރެ ގިނަ މީހުން ޕޯސްޓަރު ހިފައިގެން ނާންކަން ނޫސްވެރިން ފާހަގަ ކުރިއެވެ.

Advertisement

Advertisement 1

މިއަދު މަޖިލިސް ދޮށަށް ޕޯސްޓަރުތައް ހިފައިގެން މުޒާހަރާ ކުރަނީ: އެމީހުން ހީކުރި ގޮތާއި ހިލާފަށް މުޒާހާރާގައި ބައިވެރިވުމަށް ޕޯސްޓަރުތައް ނެގީ 10 ވަރަަކަށް މީހުން.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓިއާއި އެޕާޓީގެ ފިކުރާއި ގުޅިފައިވާ ދަ ޑިމޮކްރެޓްސް އިން ކުރި މަސައްކަތް ނާކާމިޔާބުވީ، ފިތުނަފަސާދަ ކުރުމާއި، މާލެތެރެ ހަލަބޮލިކުރަން ރައްޔިތުނ ބޭނުން ނުވާތީއެވެ.

އެމްޑީޕީން ބުނަމުން އަންނަނީ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ފެށީ މިސަރުކާރުންނެވެ. ނަމަވެސް އޭގެ ހަގީގަތަށް ބަލާއިރު، ފަނޑިޔާރުންމަށް އެންމެ ބޮޑު ބޭއިންސާފާއި ކުރިމަތިލީ އެމްޑީޕީގެ ވެރިކަމުގައެވެ.

އިބްރާހީމް ސާލިހުގެ ވެރިކަމުގައި 2019 އިން 2023 އަށް އެކަނިވެސް 33 ފަނޑިޔާރެއްގެ ދުވަސް ދުއްވާލަން މަސައްކަތް ކޮށްފައި ވެއެވެ. އެހެންކަމުން އެކަމާއި ބިރުން 26 ފަނޑިޔާރުން އެދުވަސްވަރު ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. ބާކީ ތިއްބެވި 7 ފަނޑިޔާރުން އިސްތިއުފާ ނުދެއްވުމުން އެމްޑީޕީން އެ ފަނޑިޔާރުން ވަކިކުރެއްވިއިރު އެ ހުރިހާ ފަނޑިޔާރުން ވެސް ވަކިކޮށްފައިވަނީ ސިޔާސީ ބޭނުމަށާއި، ވަކި މީހެއްގެ މަސްލަޙަތު ޙިމާޔަތް ކުރުމަށެވެ.

މިއަދު ސުޕްރީމް ކޯޓުގެ ދެފަނޑިޔާރުން ވަކިކުރީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަންވެގެން އެފަރާތްތަކުން މަސައްކަތް ކުރިކަން ސާފުކޮށް ފެންނާން އޮތުމުންނެވެ. ނަމަވެސް ދަނޑިވަޅުގެ ބޭނުން ހިފައި އެމްޑީޕީން މިއަދު މަޖިލިސް ދޮށަށް މީހުން އެއްކުރަން މަސައްކަތް ކުރުމުން އެތަނަށް ޕޯސްޓަރު ހިފައިގެން ދިޔައީ 10 މީހުންނެވެ. ހުރިހާ ކަމެއް ދިޔައީ ފެނަށެވެ

މުޒާހަރާރައްޔިތުންގެ މަޖިލިސްއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

“ކޮންމެ ދުވަހަކު އެއްގަޑިއަކަށް ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި ދެނީ” ކަމަށް ތުހުމަތު ކޮށްފި

‘ފަޔާގެ ގެޔަށް ނަޝީދު ގެންގޮސް ސިހުރުގެ ކާއެއްޗެހި” ދޭކަމަށް ތުހުމަތު ކޮށްފި

3 ދުވަސް ކުރިން - 18:46

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

ބާރުގެ ބޭނުން ކޮށްގެން މެޑްރިޑްގެ މުޒާހަރާ ރޫޅާލައިފި

6 ދުވަސް ކުރިން - 05:32

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

11 ދުވަސް ކުރިން - 10:23

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33