Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އޮޅުހިޔާގެ ވަސީލަތްތައް ފުރިހަމަވުމުން ހުރިހާ ބުޅަލެއް އެތަނަށް ގެންދާނެ: މިނިސްޓަރު

އޮޅުހިޔާގެ ވަސީލަތްތައް ފުރިހަމަވުމުން ހުރިހާ ބުޅަލެއް އެތަނަށް ގެންދާނެ: މިނިސްޓަރު

އަހްމަދު އީޒާން
429 ދުވަސް ކުރިން - 14 މެއި 2025 12:27
މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަޖިލީހުގައި ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް
މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަޖިލީހުގައި ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

މާރިޔާ ވިދާޅުވީ މިހާރު މަސައްކަތްކުރަމުން އަންނަނީ އޮޅުހިޔާގެ ވަސީލަތްތައް ފުރިހަމަކުރުމަށް ކަމަށް.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން "އޮޅުހިޔާ"އާ ހަވާލުވި އިރު, އެތަން ހުރީ ބުޅާ ގެންގޮސް ބެލެހެއްޓޭނެ ކަހަލަ ހާލަތެއްގައި ނޫން ކަމަށާއި އެތަނުގެ ވަސީލަތްތައް ފުރިހަމަކުރުމަށް ފަހު މާލޭގައި އުޅޭ ހުރިހާ ބުޅާތައް އެތަނަށް ގެންދާނެ ކަމަށް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މާރިޔާ ވިދާޅުވީ އޮޅުހިޔާގައި ވަސީލަތްތައް ފުރިހަމަ ނުވިޔަސް، މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުން އެތަނާއި ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި 15 ބުޅާ އެ ފެސިލިޓީއަށް ގެންދިޔަ ކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުން އަންނަނީ އެތަނުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މި މައްސަލަ ހައްލުކުރަން މަޖިލީހުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އެއީ ބްރީޑްކުރުމަށް ނުވަތަ އާލާކުރުމަށް ބުޅާ އެތެރެކުރުމަށް ހުއްދަ ދިނުން ހުއްޓާލުމާއި ޕެޓުގެ ގޮތުގައި އެތެރެކުރާ ބުޅާ ނިއުޓާކުރުމަށް ލާޒިމްކުރުމަށް ކަމަށާއި އެކަން ކުރެވޭނީ މިހާރު މަޖިލީހަށް ފޮނުވާފައިވާ ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ދުޅަހެޔޮކަމާ ބެހޭ ބިލު ފާސްކޮށް އަމަލުކުރަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

އޮޅުހިޔާގައި ބުޅާ ބެލެހެއްޓުމަށް ހިނގާ ހަރަދުތަކުގެ ތަފްސީލް ހިއްސާކުރައްވަމުން މާރިޔާ ވިދާޅުވީ ކޮންމެ ބުޅަކަށް އަހަރަކު 5,416ރ. ހަރަދުވާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެ ފެސިލިޓީއަށް ނޮން ރިކަރަންޓު ހަރަދުގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގައި 2,000 ބުޅަލަށް މަހަކު 7 ލައްކަ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިޔަން ހަރަދުވާނެ ކަމަށާއި އަހަރަކު 10.8 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އޮޅުހިޔާ ނުވަތަ ބުޅާތައް ބަލަހައްޓަން ހާއްސަ ފެސިލިޓީ ހުޅުވާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 5,000 އަކަފޫޓުގެ ބިމެއްގަ އެވެ. މާލެ ސަރަހައްދުގެ މަގުތަކުގައި ބުޅާ ގިނަވާ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. މި ފެސިލިޓީ ހެދީ ވެސް އެ ވައުދު ފުއްދުމަށެވެ.

ޑރ. މަރްޔަމް މާރިޔާ (ކުރީގެ މިނިސްޓަރު)އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފިޝަރީޒް އާއި އެގްރިކަލްޗާ މިނިސްޓްރީ އެއްކޮށްލައި، ވަޒީރުކަމަށް ޝިޔާމް އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮލައި، މިނިސްޓަރަކަށް ޝިޔާމް އައްޔަންކުރައްވައިފި

93 ދުވަސް ކުރިން - 10:56

އެގްރިކަލްޗާ އަދި ފިޝަރީޒް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރަކަށް ޝިޔާމް؟

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝިޔާމް؟

93 ދުވަސް ކުރިން - 19:35

ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން: މިނިސްޓްރީ

"ޖަނަވާރުންނަށް އަނިޔާކުރާ މީހުން ޖޫރިމަނާކޮށް ޖަލަށް ލާނަން"

123 ދުވަސް ކުރިން - 14:11

ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ހޯދަން އެމްއެފްޑީއޭއިން ދިރާސާތައް ފަށައިފި

ގޮއިދޫގައި ކެންސަރު އިތުރުވާތީ ދިރާސާކުރަން ފަށައިފި

136 ދުވަސް ކުރިން - 15:24

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

151 ދުވަސް ކުރިން - 10:17

ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓް އަންގާރަ ދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

151 ދުވަސް ކުރިން - 19:12