ތާޒާގެ “ފެންކޮއެ ހަންޓް”ގޭމް ކުޅެގެން ފައިސާގެ އިނާމްތައް ހޯއްދަވާ!

ހުސައިން އިސްމާއިލް | 9 ގަޑިއިރު ކުރިން - 13 މޭ 2025 15:39
ތާޒާގެ “ފެންކޮއެ ހަންޓް”ގޭމް ކުޅެގެން ފައިސާގެ އިނާމު ލިބުމުގެ ފުރުޞަތު ހުޅުވާލައިފި.
ތާޒާގެ “ފެންކޮއެ ހަންޓް”ގޭމް ކުޅެގެން ފައިސާގެ އިނާމު ލިބުމުގެ ފުރުޞަތު ހުޅުވާލައިފި.
ޚުލާސާ

ކިއުއާރް ކޯޑް ބޭނުންކޮށްގެން ފޯނުން ލޮގިނެވެލައްވާ. ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގައި ފޮރުވިފައިވާ 35 ކިއުއާރުކޯޑުން ނަސީބު ހޯއްދަވާ!

އެޗްޑީސީއާއި ތާޒާއިން، ތާޒާގެ ޑިޖިޓަލް ޓްރެޝަރ ހަންޓް ލޯންޗުކޮށްފިއެވެ. 

އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް (އައިބީއެމް) އާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ކުރިއަށްދާ “މައި ހުޅުމާލޭ’ ފެސްޓިވަލްގެ ތެރެއިން ލޯންޗުކުރި މި ގޭމުގައި ބައިވެރިވެގެން ކޮންމެ މީހަކަށް ވެސް އަގުހުރި އިނާމު ލިބުމުގެ ފުރުސަތު އެބައޮތެވެ.

މި ގޭމުގައި ބައިވެރިވެގެން ފައިސާ ހޯދުމަށްޓަކައި ތިރީގައި މިވާ ކިއުއާރުކޯޑު ބޭނުން ކުރެއްވުމަށް ފަހު ރަޖިސްޓަރީ ވެލައްވާށެވެ.

ދެން ހަދަންވީ ކިހިނެއް؟

ލޮގިން ވުމަށްފަހު ތިޔަފަރާތުގެ ފޯނުން ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގައި ފޮރުވާފައިވާ ކިއުއާރުކޯޑުތައް ހުރި ސަރަޙައްދުތައް ފެންނާނެއެވެ. “މެޕް” އަށް ނުވަތަ ޗާޓު ބައްލަވައިގެން އަވަހަށް އެ ސަރަޙައްދުތަކުން ކިއުއާރުކޯޑް ހޯއްދަވައި ސްކޭން ކުރެއްވުމަށްފަހު ނަސީބުވެރިޔަކަށް ވާށެވެ!

މެސްކޮޓް ފެންކޮއިގެ ޚަޒާނާ ހޯދުމުގެ މަސައްކަތް ހުޅުމާލޭގެ ފޭސް އައި އަދި ފޭސް 2 އަށް ކުރިއަށްދާއިރު ސަމާލުކަން ދޭންވީ ކަމަކީ، ކިއުއާރު ކޯޑުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ހަތަރުފަސްވަރަކަށް އިންޗެވެ. އެ ކިއުއާރްކޯޑް ތަނެއްގައި ތަތްކޮށްފައި ވެސް ހުރެދާނެއެވެ.


ކިއުއާރުކޯޑު ހޯދައި ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ހޯދުމަށް ކުރާ މަސައްކަތް ވަގުތުން އޮޓޮމެޓިކުން އަޕްޑޭޓް ކުރެވޭނެއެވެ. މި އިވެންޓް ނިމުމުން:

އެއްވަނައަށް ހޮވޭ ފަރާތަކަށް 7،000 ރުފިޔާ،

ދެވަނައަށް ހޮވޭ ފަރާތަކަށް 4،000 ރުފިޔާ އަދި

3 ވަނަ އަށް 2,000 ރުފިޔާ ލިބޭނެއެވެ.

އެޗްޑީސީގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން މި ގޭމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

17 މެއި ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ފެންކޯ ހަންޓް ފަރުމާކޮށްފައިވަނީ “ޓެކްނޮލޮޖީއާއި” “އެކްސްޕްލޯރޭޝަން” އަދި “ކޮމިއުނިޓީ އެންގޭޖްމަންޓް” އެއްކޮށްލައިގެން އާއިލާއާ ރައްޓެހިން ހިތްހަމަޖެހޭ ގޮތަށެވެ.

މިހާރު ކުރިއަށްދާ މައިހުލްހޫމާލޭ’ ފެސްޓިވަލަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރާ ފެސްޓިވަލެކެވެ. އެޗްޑީސީން އިންތިޒާމްކުރާ މި ފެސްޓިވަލްގައި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%