Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގޭންގުތަކަށް ކުޑަކުދިން ވައްދާ މީހުން ހައްޔަރުކުރަން ނިންމައިފި

ގޭންގުތަކަށް ކުޑަކުދިން ވައްދާ މީހުން ހައްޔަރުކުރަން ނިންމައިފި

އުސްތާޛް މުޙައްމަދު ޢަލީ
480 ދުވަސް ކުރިން - 13 މެއި 2025 09:15
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން: ވަޒީރު ވިދާޅުވެފައި ވަނީ ގޭންގުތައް ފޮހެލާނެ ކަމަށް.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން: ވަޒީރު ވިދާޅުވެފައި ވަނީ ގޭންގުތައް ފޮހެލާނެ ކަމަށް.
ޚުލާސާ

މިހާތަނަށް 400 އެއްހާ ކުދިން ކުށުގެ މާޙައުލުގައި ހުށަހެޅި، ކުށަށް އަރައިގަތުމުގެ ރިސްކު އޮތް ކުދިންނާއެކު މި އަދަދު 1000 އަށްވުރެ އިތުރުވެއްޖެ.

ޤާނޫނުތަކަށް އަލަށް ގެނެވުނު އިސްލާހުތަކާއެކު ކުށުގެ ވެށްޓަށް ކުޑަކުދިން ހުށަހެޅުމަކީ ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމަށާއި އަދި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތައް ހައްޔަރުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް 400 އެއްހާ ކުދިން ކުށުގެ މާޙައުލުގައި އުޅޭކަމަށް ރިކޯޑުކުރެވިފައިވާ ކަމަށެވެ. އަދި ކުށަށް އަރައިގަތުމުގެ ރިސްކު އޮތް ކުދިންނާއެކު މި އަދަދު 1000 އަށްވުރެ އިތުރުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން "ހޯޕް އައިލެންޑް" ގެ ނަމުގައި ރަށެއް ތަރައްޤީކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ރަށަކީ ކުށުގެ މާޙައުލުގައި ހަރަކާތްތހަރަކާތްތެރިވާ އަދި ކުށުގެ ވެށްޓަށް ހުށަހެޅުމުގެ ރިސްކު އޮތް ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ބޭނުންވާ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ރަށެކެވެ.

Advertisement

Advertisement 1

ވަޒީރު އިތުރަށް ވިދާޅުވީ، ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށްޓަކައި އިޖުތިމާޢީ ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމާއި، ޤާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުން ހިމެނެއެވެ.

ހޯޕް އައިލެންޑް އެޅެންދެން، ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށާއި، އެފަދަ ކުދިންނަށް ބޭނުންވާ ނަފްސާނީ ފަރުވާ ދިނުމަށް މީހުން ތަމްރީނުކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު 14 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީވެސް ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ވިދާޅުވިއެވެ.

ކުޑަކުދިންމިނިސްޓަރު އަލީ އިހުސާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

1 ދުވަސް ކުރިން - 12:54

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

6 ދުވަސް ކުރިން - 19:52

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް ރިޕޯޓުކޮށްފި

ޖުލައި މަހު އެކަނި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމުގެ 14 މައްސަލައެއް

16 ދުވަސް ކުރިން - 14:32

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

ޖުލައި މަހު އެކަނި 86 ކުޑަކުއްޖަކަށް އަނިޔާކޮށްފި - ރިޕޯޓް

16 ދުވަސް ކުރިން - 11:43

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

25 ދުވަސް ކުރިން - 11:58