ދުނިޔޭގެ އެންމެ މުއްސަނދި 3 ޤައުމަށް ޓްރަމްޕް ވަޑައިގަންނަވަނީ! ފުރަތަމަ ސައޫދީ އަށް

އައިޝަތު އީމާން | 35 ދުވަސް ކުރިން - 12 މޭ 2025 16:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކަށް ވަޑައިގަންނަވަނީ - ފުރަތަމަ ސައޫދީއަށް.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކަށް ވަޑައިގަންނަވަނީ - ފުރަތަމަ ސައޫދީއަށް.
ޚުލާސާ

މިއީ ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވި ފަހުން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު. ޝެޑިއުލްގައި އޮތީ ސައޫދީ، ޤަޠަރު އަދި ޔޫއޭއީ. އިސްރާއީލެއް ނެތް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވި ފަހުން ޤައުމުން ބޭރަށް ކުރައްވާ ފުރަތަ ރަސްމީ ދަތުރުގައި މާދަމާ ސައޫދީ ޢަރަބިއްޔާއަށް ފުރާވަޑިގަންނަވާނެއެވެ.

ޚަބަރުތައް ބުނާގޮތުގައި ރައީސް ޓްރަމްޕްގެ މިދަތުރުފުޅުގައި ޚަލީޖު ކައުންސިލްގެ ޙާއްޞަ ޖަލްސާއެއްގަައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅުގެ މަޤުޞަދަކީ ސައޫދީ ޢަރަބިއްޔާ އާއެކު އޮންނަ ވިޔަފާރި ފުޅާކުރުމެވެ، ސައޫދީއަށް ފަހު 15 މެއި ގައި ޤަޠަރަށް އަދި 16 މެއި ގައި ޔޫ.އޭ.އީ އަށް ވަޑައިގެން ވިޔަފާރި އާއި ދިފާޢީ އެހީތެރިކަން ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ވެއެވެ. އަދި އެދެ ޤައުމާ އެކު އެއްބަސްވުންތަކުގައި ސޮއިކުރައްވާނެއެވެ.

ޓްރަމްޕް ގެ ކުރީގެ ވެރިކަމުގެ ދައުރުގައި ވެސް ޓްރަޕްގެ އަމިއްލަ ކުންފުނިތަކާއެކުގަ އާއި ސަރުކާރާއެކު އެތައް ބިލިޔަން ވިޔަފާރީގެ މުޢާމަލާތްތައް ހިންގަވާފައި ވާކަމަށް ވެއެވެ. ޓްރަމްޕް ގެ ދަތުރުގައި ސޫރިޔާގެ ރައީސް އަޙްމަދު ޝަރްޢު އާއި ވެސް ސަޢޫދީގައި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށް ބައެއް ޚަބަރުތައް ބުނެއެެވެ.

ޓްރަމްޕްގެ މި ޝެޑިއުލްގައި އިސްރާއީލު ހިމެނިފައެއް ނުވެއެވެ.

(ލިޔުއްވީ: އަލްއުސްތާޛް ޢަލީ އާދަމް)

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%