Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފި

50 މިލިއަން ޑޮލަރުގެ ޓީބިލު ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފި

އަހްމަދު އީޒާން
481 ދުވަސް ކުރިން - 12 މެއި 2025 13:31
ރައީސް ޑރ. މުހައްމަދު މުއިއްޒު, އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު, އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާންކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ފޮރިން މިނިސްޓަރު ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޓީބިލު އަނބުރާ ދެއްކުން އަނެއްކާވެސް އިންޑިއާއިން ފަސްކޮށްދީފައިވާ ކަން ހާމަކުރައްވައިފައި.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލުން މި މަހު އަނބުރާ ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އިންޑިއާ ސަރުކާރުން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޓީބިލު އަނބުރާ ދެއްކުން އަނެއްކާވެސް އިންޑިއާއިން ފަސްކޮށްދީފައިވާ ކަން ހާމަކުރައްވައިފަ އެވެ. އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު އާއި އިންޑިއާގެ ސަރުކާރަށް ހަލީލް ޝުކުރު އަދާކުރެއްވި އެވެ.

"މިވަގުތަށް ބޭނުންވެފައިވާ މި އެހީތެރިކަން ހަމަޖައްސައިދިނުމުން ދައްކުވައިދެނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ބަދަހިގުޅުން. އަދި މި އެހީގެ ސަބަބުން ރާްއްޖޭގެ އިގުތިސާދު ހަމަޔަކަށް އެޅުވުމަށް ސަރުކާރުން ކުރިއަށް ގެންދާ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބޭނެ," ހަލީލް ވިދާޅުވި އެވެ.

Advertisement

Advertisement 1

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރުގެ ނަގައިފަ އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ އިންޑިއާ އިން ދިން ހިލޭ އެހީ އެވެ.

ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އެ ފައިސާގެ ތެރެއިން, މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ އެއް ޓީބިލް މި ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް ފަސްކޮށްދިނެވެ. މިފަހަރު ވެސް އެ މުއްދަތު އިތުރުކޮށްދިނީ އެއް އަހަރަށް ކަން ވަނީ އެނގިފަ އެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްއިގްތިސޯދުއިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

3 ދުވަސް ކުރިން - 15:05

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

4 ދުވަސް ކުރިން - 14:07

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

9 ދުވަސް ކުރިން - 10:22

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

10 ދުވަސް ކުރިން - 22:31

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

14 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

14 ދުވަސް ކުރިން - 10:25