ނަޑެއްލާއިން ނޮޅިވަރަމު މީހަކު ގެއްލިގެން ހޯދަނީ

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 12 މޭ 2025 11:19
ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަން, ސުހާނީ، އާދަމް އިބްރާހިމް.
ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަން, ސުހާނީ، އާދަމް އިބްރާހިމް.
ޚުލާސާ

ގެއްލިގެން ހޯދަމުން އަންނަނީ ހދ. ނޮޅިވަރަން, ސުހާނީ، އާދަމް އިބްރާހިމް, 34އ.

ގދ. ނަޑެއްލާއިން ހދ. ނޮޅިވަރަމު މީހަކު ގެއްލިގެން ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުހުން ބުނީ ނަޑެއްލާއިން މީހަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހދ. ނޮޅިވަރަން, ސުހާނީ، އާދަމް އިބްރާހިމް, 34 އެވެ.

ފުލުހުން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ހާއިރު ނަޑެއްލާއަށް ކައިރި ކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް ފޭބުމަށް ފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީ އާއި އޭނާގެ އެއްވެސް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 22:25 ހާކަށް ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމާ އެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާ އަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅުރަށްތައް ބަލާފައިވާ ކަަމަށާއި މިއަދު ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ, ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%