ވޯޓުލާގޮތް ބަދަލުކުރުމުގެ ވިސްނުންފުޅެއް ރައީސް ނުގެންގުޅުއްވާ: އިހްސާން

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 11 މޭ 2025 21:51
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ހޯމް މިނިސްޓަރު ޢަލީ އިޙްސާން: އިޙްސާން ވިދާޅުވީ  މިހާރު ޕްރެކްޓިސް ކުރަމުންދާ ވޯޓުލާ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއެއް އެއްވެސް އިރަކު ރައީސް ނުކުރައްވާ ކަމަށް.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ހޯމް މިނިސްޓަރު ޢަލީ އިޙްސާން: އިޙްސާން ވިދާޅުވީ މިހާރު ޕްރެކްޓިސް ކުރަމުންދާ ވޯޓުލާ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާއެއް އެއްވެސް އިރަކު ރައީސް ނުކުރައްވާ ކަމަށް.
ޚުލާސާ

މިހާރުވެސް ދިވެހިރާއްޖޭގައި ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން. ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް ގަބޫލުފުޅުކުރައްވާ.

ރާއްޖޭގައި އިންތިޚާބުތަކުގައި މިހާރު ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނުގެންގުޅުއްވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް 2.0 ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އެސްޓޯނިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ޑިޖިޓަލް ވޯޓިންގ ނިޒާމާ ބެހޭ މަޢުލޫމާތު ލިބިވަޑައިގަތް ނަމަވެސް، ރާއްޖޭގައި މިހާރު ވޯޓުލާ ގޮތް ބަދަލުކުރުމުގެ އެއްވެސް ވިސްނުންފުޅެއް ރައީސް މުޢިއްޒު ނުގެންގުޅުއްވާ ކަމަށެވެ.

"މިހާރުވެސް ދިވެހިރާއްޖޭގައި ވޯޓުލަނީ ވަރަށް ދެފުށް ފެންނަ އަދި ފުރިހަމަ ނިޒާމަކުން. ކުރިއަށް އޮތްތަނުގައިވެސް އެގޮތަށް ކުރިއަށްދާނެ ކަމަށް ރައީސް ގަބޫލުފުޅުކުރައްވާ," ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އެސްޓޯނިޔާ ދަތުރުފުޅަށްފަހު ވަޒީރުންގެ މަޖިލީހުގައިވެސް އަދި މޯލްޑިވްސް 2.0 ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ރައީސް މުޢިއްޒު މި ވާހަކަފުޅު ތަކުރާރުކުރައްވާފައިފައިވާ ކަމަށެވެ.

"މޯލްޑިވްސް 2.0 ގެ އެއްވެސް މަޤްޞަދެއްގައި، އަދި ފޮރުވިފައި ވެސް ހާމަކަމާ އެކުގައި ވެސް އީ-ވޯޓިންގގެ އެއްވެސް ސިފައެއްގައި އޭގެ ވާހަކައެއް ދެއްކިފައި ނޯންނާނެ," ވަޒީރު އިޙްސާން ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%