Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަރީ ކޮމިޓީން ނިންމައިފި

ހުސައިން އިސްމާއިލް
395 ދުވަސް ކުރިން - 11 މެއި 2025 19:21
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމި ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު. / ފޮޓޯ: ޚުލާޞާ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑިޝަރީ ކޮމިޓީން ނިންމި ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު. / ފޮޓޯ: ޚުލާޞާ
ޚުލާސާ

ޖުޑީޝަރީ ކޮމިޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ ތަނުން ފާސްވުމުން، މި ދެ ފަނޑިޔާރުން ވަކިވާނެ.

ސަސްޅެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގައި ނިންމައިފިއެވެ.

މި ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، އެ މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރީ ޖުޑީޝަރީ ކޮމިޓީންނެވެ. ޖޭއެސްސީން މި ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ، މިދިޔަ ޑިސެމްބަރު 4 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރރުކުރެވުނު މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވާފައިވާކަން ސާބިތުވެފައިވާތީ ކަމަށް ބުނެފައިވެއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ހޫނުވެ، އިދިކޮޅު އެމްޑީޕީން ވަނީ ކޮމިޓީ ބޮއިކޮޓްކޮށްފައެވެ. އިއްޔެ ބޭއްވުނު ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ދެ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ހުށަހެޅުން ފާސްވެފައެއް ނުވެއެވެ.

Advertisement

Advertisement 1

ޖޭއެސްސީން ބުނެފައިވާ ގޮތުގައި، މި ދެ ފަނޑިޔާރުންގެ އަމަލަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް މާއްދާތަކާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެކެވެ.

މި މައްސަލައިގައި ޖުޑީޝަރީ ކޮމިޓީން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ ތަނުން ފާސްވުމުން، މި ދެ ފަނޑިޔާރުން ވަކިވާނެއެވެ.

ސުޕްރީމް ކޯޓުފަނޑިޔާރުރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ފަށައިފި: މިހާތަނަށް 530 މީހުން ވޯޓުލައިފި

5 ދުވަސް ކުރިން - 10:25

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

6 ދުވަސް ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

10 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

10 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

10 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

11 ދުވަސް ކުރިން - 00:50