ކޮންމެ ކުއްޖަކަށް ވެސް އަމާން, ރައްކާތެރި މާހައުލެއް ހޯދައިދޭން ޖެހޭ: މިނިސްޓަރު

އަހްމަދު އީޒާން | 55 ދުވަސް ކުރިން - 10 މޭ 2025 16:03
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝާފިއު / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝާފިއު / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ޚުލާސާ

މިނިސްޓަރު ފޮނުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ އެންމެންގެ ވެސް އަޒުމަކަށް ވާން ވާނީ ކޮންމެ ކުއްޖަކަށް ވެސް އަމާން ރައްކާތެރި، އުފާވެރި ވެށްޓެއް ހޯދައިދިނުން ކަމަށް.

ކޮންމެ ކުއްޖަކަށް ވެސް އަމާން, ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝާފިއު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ފޮނުއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ އެންމެންގެ ވެސް އަޒުމަކަށް ވާން ވާނީ ކޮންމެ ކުއްޖަކަށް ވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުން ކަމަށެވެ. އަދި އެކަން ހާސިލްކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ ބުރަ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރައްކާތެރިކަން ކުދިންނަށް ގާއިމްކޮށްދެވޭނީ ރާއްޖޭގެ ހުރިހާ މުދައްރިސުންނާއި ރަށްރަށުގެ ކައުންސިލަރުންނާއި ބެލެނިވެރީންނާ އަދި މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނަށް އަމާން، ރައްކާތެރި ވެށްޓެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްފި ނަމަ، އެ ކުދިންނަށް ހޯދައިދެވޭނީ އުފާވެރި މުސްތަގުބަލެއް ކަމަށާއި އޭރުން ބިނާ ވާނީ ގައުމައިގެން ކުރިއަށް ދާނެ އޮށްޓަރު ހުރި ރަނގަޅު ޖީލެއް ކަމަށެވެ.

މިނިސްޓަރު ވަނީ މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ކުދިންނަށް ފޮނުއްވައިފަ އެވެ.

ކޮންމެ އަހަރެއްގެވެ ސް މެއި މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގަ އެވެ.

މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިއާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%