Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން އެބަ ބަލަން: ފޮރިން މިނިސްޓްރީ

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން އެބަ ބަލަން: ފޮރިން މިނިސްޓްރީ

އަހްމަދު އީޒާން
483 ދުވަސް ކުރިން - 10 މެއި 2025 16:07
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް / ފޮޓޯ: ޚުލާސާ
ޚުލާސާ

ފޮރިން މިނިސްޓްރީން ބުނީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ހާލު މިނިސްޓްރީ އާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ޕާކިސްތާނުގެ މަޝްރަހު މިހާރަށް ވުރެ ގޯސްވާ ނަމަ، އެ ގައުމުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މި ވަގުތު މަސައްކަތްކުރަމުން އަންނަ ކަމަށް އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުފަތުރު ކުރާ ހުރިހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ކަންކަމުގައި ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ އެ މިނިސްޓްރީގެ ހޮޓްލައިނަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅޭނެ ނަންބަރު: 923008504143‬‬‬‬‬‬‬‬ +

ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400

ޕާކިސްތާންއިންޑިއާ-ޕާކިސްތާންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

10 ދުވަސް ކުރިން - 09:54

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

11 ދުވަސް ކުރިން - 11:40

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

23 ދުވަސް ކުރިން - 10:50

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

48 ދުވަސް ކުރިން - 13:25

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ވެއިޓަރު މަރާލި މައްސަލަ: ކައްކާގެ މައްޗަށް ކުށް ސާބިތުވެއްޖެ

48 ދުވަސް ކުރިން - 19:54