Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕާކިސްތާނުން އިންޑިއާ އަށް ހަމަލާ ދީފި! މިއީ ދެކުނު އޭޝިއާގެ ތާރީހުގެ އެންމެ ވަރުގަދަ ޑްރޯން ހަމަލާ

ޕާކިސްތާނުން އިންޑިއާ އަށް ހަމަލާ ދީފި! މިއީ ދެކުނު އޭޝިއާގެ ތާރީހުގެ އެންމެ ވަރުގަދަ ޑްރޯން ހަމަލާ

ޖަވާދު
392 ދުވަސް ކުރިން - 10 މެއި 2025 12:27
ޕާކިސްތާނުގެ 300 އަށްވުރެ ގިނަ ޑްރޯން އެއްފަހަރާ އިންޑިއާއަށް ހަމަލާދެނީ.
ޕާކިސްތާނުގެ 300 އަށްވުރެ ގިނަ ޑްރޯން އެއްފަހަރާ އިންޑިއާއަށް ހަމަލާދެނީ.
ޚުލާސާ

ޕާކިސްތާނުގެ 300 އަށްވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައިވާއިރު މިހާތަނަށް މި ހަމަލާ ތަކުގައި 50 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ.

ޕާކިސްތާނުން އިންޑިއާގެ އެކި ސަރަހައްދުތަކަށް ބޮޑު ޑްރޯން ހަމަލާއެއް ދީފިއެވެ. "ބުންޔާން އަލް މަރްސޫސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 300 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން އިންޑިއާގެ ޕަންޖާބު، ރާޖަސްތާން އާން އަދި ޖައްމޫގެ 36 ތަނަކަށް ހަމަލާ ދީފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. މީގެ ތެރޭގައި އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކާއި އަސްކަރީ މަރުކަޒުތައް ހިމެނެއެވެ. މިއީ ދެކުނު އޭޝިއާގެ ތާރީޚުގައި ދެވުނު އެންމެ ބޮޑު ޑްރޯން ހަމަލާ ކަމަށް ބެލެވެއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި 400އެއްހާ ޑްރޯން ޕާކިސްތާނުން ބޭނުންކުރިއެވެ.

ޕާކިސްތާނުގެ މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން ހިންދުސްތާނުން ވަނީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނުގެ ރާވަލްޕިންޑީ، ޖަންގް އަދި އެހެނިހެން ސަރަހައްދުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ޑްރޯންތަކާއި މިސައިލްތަކުން ހަމަލާ ދީފައެވެ. އަދި ހިންދުސްތާނުގެ އެލް-70 ފަދަ ވައިގެ ދިފާޢީ ނިޒާމުތައް ބޭނުންކޮށްގެން ޕާކިސްތާނުގެ ގިނަ ޑްރޯންތަކެއް ވަނީ ވައްޓާލާފައެވެ.

Advertisement

Advertisement 1

މި ހަމަލާތަކުގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި ދެ ޤައުމުން ވެސް އެއްބަޔަކު އަނެއްބަޔަކަށް އާންމުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރަމުންދާއިރު، ދެގައުމުން ވެސް މަޝްވަރާ ކުރުމަށް ބޭނުން ކަމަށް ހަބަރު ލިބެމުން ދެއެވެ.

މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ލީށަރުންތައް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނިއުކްލިއަރ ހަތިޔާރު އޮތް ދެ ޤައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ ކުރިން މަޝްރަހު ފިނި ކުރުމަށް އެމެރިކާއިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ-ޕާކިސްތާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެން ޓެރަރިސްޓު ހަމަލާއެއް ދީފިނަމަ ޕާކިސްތާނަށް ކުޅި ދައްކާލާނެ ކަމަށް މޯދީ ބުނެފި

ދެން ހަމަލާ ދީފިނަމަ ޕާކިސްތާނަށް ކުޅިދައްކާލާނަން: މޯދީ

389 ދުވަސް ކުރިން - 01:25

އިންޑިއާ-ޕާކިސްތާން ހަމަލާތައް ހުއްޓާލައި ވައިގެ ސަރަހައްދު ހުޅުވާލަނީ

އިންޑިއާ-ޕާކިސްތާން ހަމަލާތައް ހުއްޓާލައި ވައިގެ ސަރަހައްދު ހުޅުވާލަނީ

391 ދުވަސް ކުރިން - 19:30

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ވަރަށް ގާތުން އެބަ ބަލަން: ފޮރިން މިނިސްޓްރީ

ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލަތު ބަލަނީ

391 ދުވަސް ކުރިން - 16:07

ޕާކިސްތާނުން އިންޑިއާގެ 12 ޑްރޯން ވައްޓާލައިފި

ޕާކިސްތާނުން އިންޑިއާގެ 12 ޑްރޯން ވައްޓާލައިފި

394 ދުވަސް ކުރިން - 13:13

އިންޑިއާ-ޕާކިސްތާން: ހަތިޔާރުގެ ގޮތުން މޮޅީ ކޮން ބައެއް؟

އިންޑިއާ-ޕާކިސްތާން: ހަތިޔާރުގެ ގޮތުން މޮޅީ ކޮން ބައެއް؟

394 ދުވަސް ކުރިން - 17:53

އިންޑިއާ-ޕާކިސްތާން ހަމަނުޖެހުން: 60 މީހުން މަރުވެއްޖެ

އިންޑިއާ-ޕާކިސްތާން ހަމަނުޖެހުން: 60 މީހުން މަރުވެއްޖެ

394 ދުވަސް ކުރިން - 17:04