Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އިންޑިއާ-ޕާކިސްތާން ހަމަނުޖެހުން: 60 މީހުން މަރުވެއްޖެ

ޖަވާދު
534 ދުވަސް ކުރިން - 7 މެއި 2025 17:04
އިންޑިއާއިން ދިން ހަމަލާގައި ޕާކިސްތާނުގެ ޢިމާރާތަކަށް ލިބިފައިވާ ގެއްލުންތަކެއް.

ޚުލާސާ

ޕާކިސްތާނުން ބުނަނީ ރަނގަޅު ދަނޑިވަޅުގައި އިންޑިއާގެ ފަރާތުން ބަދަލު ހިފަން ޖެހިދާނެ ކަމަށް.

ޕާކިސްތާނާއި ޕާކިސްތާނުގެ ވެރިކަންކުރާ ކަޝްމީރުގައި ޓެރަރިސްޓް ކަމަށް ތުހުމަތު ކުރެވޭ ތަންތަނަށް އަމާޒުކޮށްގެން އިންޑިއާއިން ރޭ ދަންވަރު ހިންގި "އޮޕަރޭޝަން ސިންދޫރު" އާ ގުޅިގެން ދެޤައުމުންވެސް ގިނަ ބަޔަކު މަރުވެއްޖެއެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި މިހާތަނަށް 60 މީހުން މަރުވެފައިވާއިރު، ޕާކިސްތާނުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް މަދުވެގެން 26 އާންމުން މަރުވެ، 46 މީހަކު ޒަހަމްވެފައިވެ އެވެ.

ނައެއް ރިޕޯޓްތަކުން ބުނަނީ ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން ދިން ޙަމަލާތަކުގައި އިންޑިއާގެ 11 މީހުން މަރުވެ، 49 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

Advertisement

Advertisement 1

އިންޑިއާގެ ހަމަލާތަކަކީ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ޕަހަލްގަމްގައި ދިން ހަމަލާގައި 26 ޓޫރިސްޓުން މަރުވެފައިވާތީވެ ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާ ކަމަށް އެޤައުމުން ބުނެއެވެ.

އިންޑިއާއިން ބުނާ ގޮތުގައި އެ ޤައުމުގެ އޮޕަރޭޝަންގައި ބޮޑަށް ޓާގެޓް ކޮށްފައި ވަނީ ލަޝްކަރު-އޭ-ތައިބާ އާއި ޖައިޝް-އެ-މުހައްމަދު ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅިފައިވާ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ރޫޅާލުމަށެވެ

ބަދަލު ހިފުމުގެ ގޮތުން ޙަމަލާދިން ޕާކިސްތާނުން ބުނީ އެމީހުން ދިން ޙަމަލާގައި އިންޑިއާގެ ފަސް ފައިޓަރ ޖެޓް ވައްޓާލައި ޑްރޯނެއް ވެސް ވައްޓައިލި ކަމަށެވެ. އޭގެ ތެރޭގައި ތިން ރާފަލް، އެއް ސޫ-30އެމްކޭއައި، އަދި އެއް މިގް-29 ގެ އިތުރުން އައިއޭއައި ހެރޮން ޑްރޯން ވެސް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ޕާކިސްތާނުން ވަނީ އިންޑިއާގެ ބްރިގޭޑްގެ މައި މަރުކަޒަކާއި އެތައް ޗެކްޕޯސްޓެއް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައެވެ. މިކަން އިންޑިއާއިން ދޮގު ކޮށްފައެއް ނުވާއިރު ޕާކިސްތާނުން ބުނަނީ ރަނގަޅު ދަނޑިވަޅުގައި އިންޑިއާގެ ފަރާތުން އަދިވެސް ބަދަލު ހިފާނެ ކަމަށެވެ..

އިންޑިއާގެ ހަމަލާތަކަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށް ބުނެ ޕާކިސްތާނުން އެކަން ކުށްވެރިކޮށްފައި ވާއިރު، ޙަމަލާގެ ސަބަބުން ވައިގެ ސަރަހައްދު ބަންދުވެ ފްލައިޓްތައް ކެންސަލް ވެފައި ވެއެވެ.

އިންޑިއާ-ޕާކިސްތާންޕާކިސްތާންއިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

17 ގަޑިއިރު ކުރިން - 15:31

ރާއްޖޭގެ އިގްތިސާދީ ބަދަލުވުމުގެ ބައިވެރިންނަށް ވުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާގެ ދައުވަތު

1 ދުވަސް ކުރިން - 20:51

ރާއްޖެ-ޕާކިސްތާނު: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަނީ

1 ދުވަސް ކުރިން - 11:50

ޕާކިސްތާނުގެ ބޮޑުވަޒީރު ބޭއްވި ރަސްމީ ޖާފަތުގައި ރައީސްގެ ދެކަންބަލުން ބައިވެރިވެވަޑައިގެންފި

1 ދުވަސް ކުރިން - 10:30

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތްކުރައްވައިފި

2 ދުވަސް ކުރިން - 22:59

އައިއައިޔޫއައިގެ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސަށް އަރުވައިފި

2 ދުވަސް ކުރިން - 22:54