Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާ-ޕާކިސްތާން: ހަތިޔާރުގެ ގޮތުން މޮޅީ ކޮން ބައެއް؟

އިންޑިއާ-ޕާކިސްތާން: ހަތިޔާރުގެ ގޮތުން މޮޅީ ކޮން ބައެއް؟

ޖަވާދު
486 ދުވަސް ކުރިން - 7 މެއި 2025 17:53
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑުވެ ހަނގުރާމައެއް ފަށައިފިނަމަ އެކަމުގެ ގެއްލުން މުޅި ދުނިޔެއަށް ކުރާނެ.
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑުވެ ހަނގުރާމައެއް ފަށައިފިނަމަ އެކަމުގެ ގެއްލުން މުޅި ދުނިޔެއަށް ކުރާނެ.
ޚުލާސާ

އިންޑިއާގައި ބޭނުންކުރަނީ ބާރުގަދަ މިސައިލްތަކާއި، ވަރުގަދަ ވައިގެ ދިފާޢީ ނިޒާމާއި، ކަނޑުގެ ސިފައިންގެ ބޮޑެތި ބޯޓުތައް. ޕާކިސްތާނުން ފޯކަސް ކުރަނީ ނިއުކްލިއާ ހަތިޔާރާއި، މިސައިލްތަކާއި ޖެޓްތައް.

އިންޑިއާ އާއި ޕާކިސްތާނުގައި ވެސް މުހިންމު އަސްކަރީ ހަތިޔާރުތަކެއް ހުރި ނަމަވެސް ނިއުކްލިއާ، ކޮންވެންޝަނަލް އަދި ޒަމާނީ ޓެކްނޮލޮޖީތައް ހިމެނޭ ގޮތަށް ޖުމްލަކޮށް ބަލާނަމަ ހަތިޔާރުގެ ގާބިލްކަމުގެ ގޮތުން އިންޑިއާ ކުރިއަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަގްނީ-ވީ: އިންޑިއާގެ އެންމެ ޒަމާނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް

Advertisement

Advertisement 1

އިންޑިއާގައި އެންމެ ޒަމާނީ އިންޓަކޮމްޓިނެންޓަލް ޒަމާނީ މިސައިލް އެބަހުއްޓެވެ.

މިސާލަކަށް ބަލާކަމުގައި ވަނީނަމަ، އަގްނީ-ވީ ނަމަކަށް ކިޔާ އިންޑިއާގެ އެންމެ ޒަމާނީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފުދެއެވެ. މިސައިލަކީ 7،000 ކިލޯމީޓަރަށް ވުރެ ދުރަށް ދަތުރުކުރާ މިސައިލެކެވެ. މި މިސައިލުން ތަފާތު ޓާގެޓްތަކަށް ހަމަލާލެވޭނެ އެވެ.

އިންޑިއާގައި މިހާރު ގާތްގަނޑަކަށް 172 ނިއުކްލިއާ ވޯހެޑް ބަހައްޓާފައި ވެއެވެ. ނަމަވެސް އަނެއްކޮޅުން ބަލާއިރު ޕާކިސްތާނުގައި 170 ނިއުކްލިއާ ވޯހެޑް ބަހައްޓަފައި އެބަހުއްޓެވެ. ނަމަވެސް އިންޑިއާގެ އަގްނީ-ވީ ފަދަ ނިއުކްލިއާ ގާބިލްކަން ލިބިފައިވާ ބެލިސްޓިކް މިސައިލްތަކާއި ނިއުކްލިއާ އިންޖީނުގެ ސަބްމެރިންތަކުގެ ފްލީޓް އަންނަނީ ބޮޑުވަމުންނެވެ.

އިންޑިއާގެ ހަތިޔާރުތައް ގިނައިން އުފައްދަނީ ސީދާ އެ ޤައުމުންނެވެ. މީގެ އިތުރުން ރަޝިޔާ، ފްރާންސް، އެމެރިކާ، އަދި އިސްރާއީލުން އިންޑިއާއަށް ހަތިޔާރު އިމްޕޯޓް ކުރެއެވެ.

ޕާކިސްތާނުގައި ޝާހީން އަދި ޣަޒްނަވީ ފަދަ ކުރު ރާސްތާގެ ނިއުކްލިއާ މިސައިލްތައް ހިމެނޭއިރު، އެޤައުމުން ހަތިޔާރުގެ ޓެކްނޮލޮޖީއާއި އަސްކަރީ އެހީތެރިކަމަށް ބޮޑަށް ބަރޯސާވެފައިވަނީ ޗައިނާ އަށެވެ.

ޕާކިސްތާނުން އުފައްދާފައިވާ އެއްވަނަ ދަރަޖައިގެ ޝާހީން-2 މީޑިއަމް ރޭންޖް ބެލިސްޓިކް މިސައިލް.

ޝާހީން-2 މީޑިއަމް ރޭންޖް ބެލިސްޓިކް މިސައިލަކީ ޕާކިސްތާނުގެ ހަނގުރާމައިގެ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މިއީ ނޭޝަނަލް އިންޖިނިއަރިން އެންޑް ސައިންޓިފިކް ކޮމިޝަން (ނެސްކޮމް) އިން އުފައްދާފައިވާ ބެލިސްޓިކް މިސައިލެކެވެ. އެއީ ހަތިޔާރިގެ ގޮތުން އެޤައުމުގެ ބިންގަލުގެ ގޮތުގައި އެމީހުން ސިފަ ކުރެއެވެ.

ޕާކިސްތާނުގެ ޒަމާނީ މިސައިލްތަކަކީ ވަރަށް ޤާބިލް ހަތިޔާރުތަކެއް.

ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުމަށް ޕާކިސްތާނުން ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރުތައް ބޭނުން ކުރާކަން ފާހަގަ ކުރެވެއެވެ.

ހަތިޔާރު ގިނައީ ކޮން ބައެއްގެ އަތުގަ؟

އިންޑިއާގައި ގާތްގަނޑަކަށް 172 ނިއުކްލިއާ ވޯހެޑް އާއި 1.2 މިލިއަނަށް ވުރެ ގިނަ އެކްޓިވް ޕާސަނަލް އެބަތިއްބެވެ. އެގައުމުގެ ލަޝްކަރުގައި 4،614 ޓެންކާއި 3،000 އަށް ވުރެ ގިނަ އާޓިލަރީ ޔުނިޓް އަދި 606 ފަޔަރ ޖެޓް އޮޕަރޭޓް ކުރެއެވެ. މީގެތެރެއިން 5 ޖެޓް ޕާކިސްތާނުން ވައްޓާލާފައިވާއިރު، ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ ތެރޭގައި އެއާކްރާފްޓް ކެރިއަރ، 16 ސަބްމެރިން، އަދި 14 ޑިސްޓްރޯޔަރ ހިމެނެއެވެ.

ކުރިން ވެސް ފާހަގަކުރި ފަދައިން، އިންޑިއާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީތަކުގެ ތެރޭގައި އެގްނީ-ވީ އައިސީބީއެމް (ރޭންޖް: 5،000+ ކިލޯމީޓަރު)ގެ އިތުރުން، ރާފަލް ފަޔަރ ޖެޓް، އަދި ރަޝިޔާއިން އެތެރެކުރާ އެސް-400 އެއާ ޑިފެންސް ސިސްޓަމް ހިމެނޭއެވެ.

ޕާކިސްތާނުގައި 170 ނިއުކްލިއާ ވޯހެޑްގެ އިތުރުން އަދި ގާތްގަނޑަކަށް 654،000 އެކްޓިވް ސިފައިންގެ ލަޝްކަރެއް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާސަނަލްގައި ހިމެނެނީ 3،742 ޓެންކާއި، ގާތްގަނޑަކަށް 1،400 މަތިންދާބޯޓު، އަދި 8 ސަބްމެރިން އެވެ. އިންޑިއާއަށް ވުރެ ހަތިޔާރު މަދު ނަމަވެސް، ޝާހީން-II މިސައިލްގެ އިތުރުން ޖޭއެފް-17 ތަންޑަރ މަލްޓިރޯލް ފަޔަރ އާއި، އެތައް ނިއުކްލިއަރ ވޯހެޑް އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ އަބަބީލް މިސައިލް ހިމެނެއެވެ

ބްލޫމްބާގުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ދައްކާ ގޮތުގައި އިންޑިއާގައި 480 އެއާކްރާފްޓާއި 210 ކަނޑުގެ އުޅަނދު އެބަހުއްޓެވެ. ޕާކިސްތާނުގައި ހުރީ 300 އެއާކްރާފްޓާއި 44 ކަނޑުގެ އުޅަނދެވެ. ނިއުކްލިއާ ހަތިޔާރުތަކަށް ބަލާލާއިރު ބްލޫމްބާގުން ބުނަނީ ޕާކިސްތާނުގައި ހުރީ 100 އެވެ. އިންޑިއާގައި ހުރީ 90 އެވެ.

ޕާކިސްތާނާއި އިންޑިއާއިން ސީދާ ހަނގުރާމައަކަށް ގޮސްފި ނަމަ އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެއެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން މިހާރު ދަނީ ދެޤައުމު ޞުލްޙަ ކުރެވޭތޯ ފެށިގެން މަސައްކަތް ކުރަމުންނެވެ.

އިންޑިއާއިންޑިއާ-ޕާކިސްތާންޕާކިސްތާން
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

3 ދުވަސް ކުރިން - 15:05

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 ކުދިން މަރުވެއްޖެ

10 ދުވަސް ކުރިން - 09:54

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

14 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

14 ދުވަސް ކުރިން - 10:25

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

36 ދުވަސް ކުރިން - 13:43

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

42 ދުވަސް ކުރިން - 16:38