އަމާޒަކީ ސިވިލް ސަރވިސްގެ ތިންބައިކުޅަ އެއްބައި މުވައްޒަފުން 2028 އިން ފެށިގެން ގޭގައި މަސައްކަތްކުރުން

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 9 މޭ 2025 02:24
ދިވެހިރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢު "މޯލްޑިވްސް 2.0" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.
ދިވެހިރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢު "މޯލްޑިވްސް 2.0" އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ.
ޚުލާސާ

2028އިން ފެށިގެން މަހަކު 30 ގަޑިއިރު ފިޔަވައި ދެން ހުރި ވަގުތުތަކުގައި ގޭގައި މަސައްކަތް ކުރުމަކީ ސަރުކާރުގެ އަމާޒެއް.

2028 ވަނަ އަހަރު ފެށޭއިރު ދައުލަތުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާމު މިހެން ވިދާޅުވީ، ބާސެލޯ ނަސަންދުރާގައި ބޭއްވުނު "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން މަޝްރޫޢު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މިހާރު ދައުލަތުގެ އެކި އިދާރާތަކުގައި ގާތްގަނޑަކަށް 49،000 މުވައްޒަފުން މަސައްކަތްކުރަމުންދާ ކަމަށާއި، 2028 ވަނަ އަހަރާއި ހަމައަށް އައިއިރު މި މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.

"މަހަކު 30 ގަޑިއިރު ނުވަތަ ކަނޑައެޅޭ ވަކި ވަގުތަކު، ގަޑި ހަމަކުރަން އޮފީހަށް އައުން. އޭގެ ތެރޭގައި ހިމެނޭ ގޮތަށް ގޭގައި ތިބެގެން ކުރެވޭ ގޮތަށް ހެދުން. ކޮންމެހެން އޮފީހަށް އަންނަންޖެހޭ ފަރާތްތައް ތިބޭނެ. މިސާލަތަކަށް ސިއްޙީ ޚިދުމަތްތެރިން، ތަޢުލީމީ ދާއިރާ ފަދަ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުން ދައުލަތުގެ ޚަރަދު ކުޑަވެ، ހިންގުން އިތުރަށް ހަރުދަނާވެ، ދެފުށް ފެންނަ މިންވަރު އިތުރުވެ، އަދި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާލެ ފަދަ ކާރުބާރު ބޮޑު ތަންތަނުގައި މަގުމަތީގެ ޓްރެފިކް މަދުވެ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މި އަމާޒަށް ވާސިލްވުމަށް ދައުލަތުގެ އެކި އިދާރާތަކާއި މުއައްސަސާތައް އެކުގައި ޑިޖިޓަލައިޒްކުރުމަށް ޚާއްޞަ މަޝްރޫޢެއް ސަރުކާރުން ވަނީ ފަށާފައެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާ މިންގަނޑަށް ޑިޖިޓަލައިޒޭޝަންގެ މަސައްކަތް ކުރެވިއްޖެނަމަ، މިފަދަ އެތައް ކާމިޔާބީތަކެއް ހާސިލްވާނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%