ކުޑަކުދިންގެ ހަވީރުގައި ގައުމީ ފެންކުންފުނި، ތަފާތު ފެންނާނެ!

ހުސައިން އިސްމާއިލް | 8 ގަޑިއިރު ކުރިން - 9 މޭ 2025 00:33
އައިލެންޑް ބެވެރޭޖަސް މޯލްޑިވްސްހެ ތާޒާ ޓީމް: ކުޑަކުދިންގެ ހަވީރުގައި ތާޒާ ސްޓޯލެއް ހުންނާނެ.
އައިލެންޑް ބެވެރޭޖަސް މޯލްޑިވްސްހެ ތާޒާ ޓީމް: ކުޑަކުދިންގެ ހަވީރުގައި ތާޒާ ސްޓޯލެއް ހުންނާނެ.
ޚުލާސާ

މިނި ބާސްކެޓް ބޯލްގެ އިތުރުން ކުޑަކުދިން ހިތްހަމަޖައްސައިދޭ ތަފާތު ޙަރަކާތްތަކާއި އިނާމު ވެސް ލިބޭނެ.

ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރުގައި މަޤުބޫލު ބްރޭންޑް ތާޒާގެ ސްޓޯލެއް ހުންނާނެ ކަމަށް އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ބުނެފިއެވެ.

މިއީ ގިނަ ދުވަސްތަކަށްފަހު މިކަހަލަ ފެނިލުމަކުން ސްޓޯލަކާއެކު ރާއްޖޭގެ އެންމެ މަޤްބޫލް ބްރޭންޑް ތާޒާ ފެންނާނެ ފަހަރެއްކަން ފާހަގަ ކުރެވެއެވެ.

އެންމެ އިތުބާރުހުރި ފެން އުފައްދާ އައިބީއެމް އިން މަޢުލޫމާތު ދޭ ގޮތުގައި މި ހަވީރުގައި ތާޒާގެ ސްޓޯލަށް ޒިޔާރަތްކުރާ ކުދިންނަށް ހާއްސަ ކުޅިވަރުތަކެއް ރޭވިފައި ވެއެވެ. އޭގެ އިތުރުން ކޮންމެ ކުއްޖަކަށް ތާޒާގެ ފަރާތުން ހަދިޔާއަކާއި ހިލޭ ބޯފެން ވެސް ލިބެން ހުންނާނެއެވެ.

އެމްއެންޑީއެފްގެ ޙަރަކާތެއްގައި ތާޒާ ބްރޭންޑުގެ ފެންކޭސްތަކެއް: ތާޒާ ފެނަކީ ގިނަ ބައެއްގެ މެދުގައި އެންމެ މަޤްބޫލް ފެން.

އައިބީއެމުން ބުނީ ސްޓޯލްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކުޅިވަރުތަކުގެ ތެރޭގައި މިނީ ބާސްކެޓްބޯލް، ސެކް ތުރޯ އަދި ޓާގެެޓް ޝޫޓިންގ ހިމެނެއެވެ.

އައިބީއެމްގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތަކާއެކު ކުޑަކުދިން ހެދިބޮޑުވުމެވެ. އެގޮތުން އެކުދިން އެކަށީގެންވާ މިންވަރަށް ފެން ބުއިމަށް ތާޒާއިން ހިއްވަރުދެއެވެ.

އެޗްޑީސީން ބާއްވާ ހާއްސަ ކުޑަކުދިންގެ ހަވީރު އޮންނާނީ ހޮނިހިރު ދުވަހު (10 އެޕްރީލް 2025)ގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޕާރކް އަދި ރުއްގަނޑު 3 ސަރަހައްދުގައެވެ. މި އިވެންޓުގައި ތަފާތު ކަމެއް ފެންނާނެއެވެ.

އައިލެންޑް ބެވެރެޖަސް މޯލްޑިވްސް.ގެ ފެސްބުކް ޕޭޖްގައިވާ މެސެޖެއް. ގިނަ ބަޔަކު ގަބޫލު ކުރަނީ ކުޑަކުދިންގެ ހަވީރާއި މި މެސެޖާއި ގުޅުމެއް އެބައޮތް ކަމަށް. މިއީ ސަޕްރައިޒެއް.

މައިހުޅުމާލެ ފެސްޓިވަލްއަކީ ހުޅުމާލެއަށް 21 އަހަރު ފުރުމާއި ދިމާކޮށް އެޗްޑީސީން ބާއްވާ ޙަރަކާތެކެވެ.

މި ޙަރަކާތުގައި ބައިވެރިވާ ރާއްޖޭގެ ސާފު ބޯފެނުގެ މައި ބްރޭންޑް ކަމުގައިވާ ތާޒާއަކީ މުޅި ރާއްޖޭގައި ގޭބިސީތަކަށް އެން،ެ ފަރިތަ ނަން ކަމުގައި ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%