ރާއްޖޭގެ އެންމެ މަގުބޫލް ފެން ބްރޭންޑް ކަމަށްވާ “ތާޒާ” އިން މާދަމާ ރާއްޖޭގައި ވަރަށް ބޮޑު ކަމެއް ކުރާ ކަމުގެ މަޢުލޫމާތު ލިބިެއޖެއެވެ.
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޗަމްޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ އައިލެންޑް ބެވެރެޖަސް މޯލްޑިވްސް އިން މާދަމާ ރައްޔިތުންނަށް ދޭނީ ސަޕްރައިޒެއް ކަމަށް ބެލެވެއެވެ.
އައިލެންޑް ބެވަރެޖަސް މޯލްޑިވްސްގެ ފޭސްބުކް ސްޓޯރީގެ ސްކްރީން ޝޮޓެއް.
“އަޅުގަނޑު ހަމަ ޔަގީނުން ވެސް ބުނާނީ މާދަމާ އަކީ ތާޒާގެ ތަފާތު ދުވަހެކޭ. އަޅުގަނޑުމެން މި ތައްޔާރު ވަނީ ރައްޔިތުންނަށް ފެން ބުއިމާއި ފެނުގެ މުހިންމުކަން ހަނދާންކޮށްދިނުމަށް ހާއްސަ މަސައްކަތެއް ކުރުމަށް.” އައި.ބީ.އެމްގެ މާކެޓިންގ ޑިޕާޓްމަންޓްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.
އައިލެންޑް ބެވެރެޖަސް މޯލްޑިވްސް.ގެ މައި ބްރޭންޑް ކަމުގައިވާ ތާޒާއަކީ މުޅި ރާއްޖޭގައި ގޭބިސީތަކަށް ފަރިތަ ނަމެކެވެ.
ތާޒާގެ ސްޓޯލެއް މާދަމާ މައި ހުޅުމާލެ ފެސްޓިވަލުގައި ހުންނާނެ ކަމަށާއި އެތަނަށް ޒިޔާރަތްކުރާ ހުރިހާ އެންމެނަށް ޚާއްޞަ ހަދިޔާއެއްގެ އިތުރުން ހިލޭ ތާޒާ ފެން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މައިހުޅުމާލެ ފެސްޓިވަލްއަކީ ހުޅުމާލެއަށް 21 އަހަރު ފުރުމާއި ދިމާކޮށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލްއެކެވެ.