އެމްޑަބްލިއުއެސްސީން ފެން ބިލުގެ ޖޫރިމަނާ މަޢާފުކޮށްދެނީ

އާނާ ފަހީމް | 9 ގަޑިއިރު ކުރިން - 9 މޭ 2025 12:23
(އެމްޑަބްލިއުއެސްސީ ބިލްޑިންގ / ފޮޓޯ: ޚުލާސާ
(އެމްޑަބްލިއުއެސްސީ ބިލްޑިންގ / ފޮޓޯ: ޚުލާސާ
ޚުލާސާ

2022 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް ފެން ބިލް ނުދައްކާ ގިނަ ދުވަސްވެފައިވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފުކޮށްދޭ ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީން ފަށައިފި.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން، ފެން ބިލް ނުދައްކާ ގިނަ ދުވަސްވެފައިވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފުކޮށްދޭ އައު ޕްރޮގްރާމެއް ތަޢާރަފުކޮށްފައެވެ.

އެމްޑަބްލިއުއެސްސީން ބުނާ ގޮތުގައި މި ޕްރޮގްރާމުގެ ދަށުން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލްތަކަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކޮށްދެވޭނެއެވެ. ނަމަވެސް މި ލުއި ލިބޭނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ކުރިން ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ އެއްކޮށް ދައްކާ ޚަލާޞްކުރާ ކަސްޓަމަރުންނަށެވެ.

އެމްޑަބްލިއުއެސްސީން އިތުރަށް ބުނެފައިވަނީ، ކަސްޓަމަރުންނަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމުވެސް ހަމަޖައްސައިދެވޭނެ ކަމަށެވެ. މި ގޮތަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފުކޮށްދެވޭނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ޚަލާޞްކުރުމުންނެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެމްޑަބްލިއުއެސްސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމަށް ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން އަންގާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%