ހެންވޭރު ގެއެއްގެ ތެެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ޕެރަމެޑިކުން އޭނާގެ ހަށިގަނޑު ބޮޑީބޭގަށް ލައިގެން ގެންގޮސްފައިވާއިރު، މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވައި ފެނުނީ އަބްދުالله މުފީދު، 46، ގ. ލަންކާ ކަމަށެވެ.
އޭނާގެ ހަށިގަނޑު ފެނުނީ ހެންވޭރު ވައިލެޓް މަގުގައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާއެއްގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.