Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޖަޕާނު ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައިފި

ޖަޕާނު ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައިފި

އަހްމަދު އީޒާން
486 ދުވަސް ކުރިން - 7 މެއި 2025 15:45
ޖަޕާނުން އެމްއެެންޑީއެފަށް ހަދިޔާކުރާ ދެ އުޅަނދާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ފޮރިން މިނިސްޓްރީ
ޖަޕާނުން އެމްއެެންޑީއެފަށް ހަދިޔާކުރާ ދެ އުޅަނދާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

އެ ދެ އުޅަނދު ހަދިޔާކުރުމަށް އެކަމުގެ އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފައި.

ޖަޕާނު ސަރުކާރުން އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައިިފި އެވެ.

އެ ދެ އުޅަނދު ހަދިޔާކުރުމަށް އެކަމުގެ އެއްބަސްވުމުގައި ދެ ގައުމުގެ ސަރުކާރުން މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ފޮރިން މިނިސްޓްރީ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަޕާން ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހަދިޔާކުރަން ނިންމާފައިވާ "ހާބަ ކްރާފްޓް ޕެޓްރޯލް ވެސަލް"ގެ ދެ އުޅަނދު ހަދިޔާކުރުމާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އިޝިގާމީ ރުމީކޯ އެވެ.

މިނިސްޓްރީން ބުނީ ޖަޕާނު ސަރުކާރުގެ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 400 މިލިއަން ޖަޕާނީސް ޔެން (2.8 ޑޮލަރު) ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު ހަލީލް ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރާ އުޅަނދުތައް އިތުރުވުމުން ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމަށާއި ކަނޑުގެ ގާނޫނުތައް ތަންފީޒު ކުރުމަށާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރިއެެރުންތައް ލިބޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ފިނޭންސް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަޕާންއެމްއެންޑީއެފްމިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

9 ދުވަސް ކުރިން - 20:12

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް އެމްއެންޑީއެފުން ފަޔަރ ސޭފްޓީ ކުލާހެއް ނަގައިދީފި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް ފަޔަރ ސޭފްޓީ ކުލާހެއް

14 ދުވަސް ކުރިން - 15:51

"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާ: ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

19 ދުވަސް ކުރިން - 10:07

ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

20 ދުވަސް ކުރިން - 13:21

އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި ދިރިއުޅޭ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

ރޯވި ޢެޕާޓުމެންޓުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސައިދީފި

20 ދުވަސް ކުރިން - 10:23

ހެންވޭރު ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

ފަހިވައި ގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފި

21 ދުވަސް ކުރިން - 21:41