އަހަރުގެ މިހާތަނަށް ރާއްޖެއަށް 3.8 މިލިޔަން ގަސް އެތެރެކޮށްފި

އަހްމަދު އީޒާން | 53 ދުވަސް ކުރިން - 7 މޭ 2025 14:24
ރަށެއްގެ ދަނޑެއްގައި ހައްދާފައި ހުރި ގަސްތަކެއް / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
ރަށެއްގެ ދަނޑެއްގައި ހައްދާފައި ހުރި ގަސްތަކެއް / ފޮޓޯ: ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީ
ޚުލާސާ

ރާއްޖެ އެތެރެ ކުރި ގަސްތަކުގެ ތެރެއިން ގަވާއިދާ ހިލާފުވެގެން 37 ޝިޕްމަންޓެއް ހިފަހައްޓާފައިވޭ.

މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް 3.8 މިލިޔަން ގަސް އެތެރެކޮށްފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ޖުމްލަ 405 ޝިޕްމަންޓެއް ބަލައި ފާސްކޮށް، 3،869،648 ގަސް ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

ރާއްޖެ އެތެރެ ކުރި ގަސްތަކުގެ ތެރެއިން ގަވާއިދާ ހިލާފުވެގެން 37 ޝިޕްމަންޓެއް ހިފަހައްޓާފައިވެ އެވެ. އެއީ ޖުމްލަ 4،732 ގަހެވެ.

ރާއްޖެ އެތެރެ ކުރެވުނު ގަސްތަކުގެ ތެރެއިން ބަލައި ފާސްކުރުމަށް ފަހު އެ މިނިސްޓްރީން ވަނީ 368 ޝިޕްމަންޓެއް ދޫކޮށްފަ އެވެ. އޭގައި ހިމެނެނީ ޖުމްލަ 3،864،916 ގަހެވެ.

ލިޔެކިޔުންތައް ހަމަކުރުމުން ދެ ޝިޕްމަންޓަކުން 324 ގަސް ދޫކޮށްފައިވެ އެވެ. އަދި 35 ޝިޕްމަންޓެއްގައި ހިމެނޭ ޖުމްލަ 4،408 ގަހެއް ވަނީ ނައްތާލައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%