Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ބޮޑު މަޝްރޫއެއް އިފްތިތާހުކޮށްފި

އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ބޮޑު މަޝްރޫއެއް އިފްތިތާހުކޮށްފި

އަހްމަދު އީޒާން
400 ދުވަސް ކުރިން - 7 މެއި 2025 14:56
ރައީސް ޑރ. މުއިއްޒު "މިފްސީ" އިފްތިތާހުކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު "މިފްސީ" އިފްތިތާހުކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބޮޑު މަޝްރޫއުގައި ގައުމީ ބޭންކް, ބީއެމްއެލް އާއި އެމްއައިބީން ބައިވެރިވޭ.

އިސްލާމިކް ސޯޝަލް ފައިނޭންސިންގެ ބޮޑު މަޝްރޫއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)ގެ ނަމުގައި އެ މަޝްރޫއު ފެށީ މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ބޮޑު މަޝްރޫއުގައި ގައުމީ ބޭންކް, ބީއެމްއެލް އާއި އެމްއައިބީން ބައިވެރިވެ އެވެ.

Advertisement

Advertisement 1

އެމްއެމްއޭ އިން ބުނީ އެ މަޝްރޫއުގެ ދަށުން ބީއެމްއެލްއިން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށް 200 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާނެ ކަމަށެވެ. އަދި އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެ އޮތޯރިޓީއިން 20 މިލިއަން ރުފިޔާގެ ފައިނޭންސް ދޫކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

"މިފްސީ"ގެ ދަށުން އަންހެނުންނާއި މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނަށާއި އިސްލާމީ އެކިއެކި ހާއްސަ މަސައްކަތްތަކަށް ވެސް މާލީ އެހީތެރިކަން ލިބޭނެ އެވެ.

އެ ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާގައި މި ސަރަހައްދުގެ ހަބަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކުރުމަށް އެމްއެމްއޭ އިން 2025-2027 ވަނަ އަހަރުގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްއެމްއޭ ތަންވީލް ޕްރޮޖެކްޓް މިހާރު ވަނީ ފަށައިފައި. އޭގެ ބޭނުމަކީ އާންމުން ހޭލުންތެރިކޮށް، އިންސްޓިޓިއުޓްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރުން," މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި "މިފްސީ" އަކީ މެލޭޝިއާގެ "ސަދަގާ ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ފެށުމަށް މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން އެމްއެމްއޭ އިން ވަނީ ދިރާސާތަކެއް ކޮށްފަ އެވެ.

އެމްއެމްއޭބީއެމްއެލްމޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

2 ދުވަސް ކުރިން - 10:07

ރާއްޖޭގެ އިގްތިސާދު އައު ހަރުފަތަކަށް: އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

3 ދުވަސް ކުރިން - 09:09

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

6 ދުވަސް ކުރިން - 04:34

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

10 ދުވަސް ކުރިން - 13:39

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބީއެމްއެލްއިން ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި

28 ދުވަސް ކުރިން - 16:37

އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

29 ދުވަސް ކުރިން - 23:41