Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ ޓެކްސީ ލައިނަކީ ނަމޫނާ ހިދުމަތަކަށް ވާނެ: އަމީން

ސަރުކާރުގެ ޓެކްސީ ލައިނަކީ ނަމޫނާ ހިދުމަތަކަށް ވާނެ: އަމީން

އަހްމަދު އީޒާން
486 ދުވަސް ކުރިން - 7 މެއި 2025 14:55
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ / ފޮޓޯ: މަޖިލިސް
ޚުލާސާ

އަމީން ވިދާޅުވީ ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތުގެ ސަބަބުން ޓެކްސީ ކުރާ އަމިއްލަ ފަރާތްތަކުން ދޭ ހިދުމަތަށް އެއްވެސް ހުރަހެއް ނެތް ކަމަށް.

މި ސަރުކާރުން ފަށާ ޓެކްސީ ލައިނަކީ ރައްޔިތުންނަށް ބޮޑު ލުޔެއް ގެނެސްދޭނެ ނަމޫނާ ހިދުމަތަކަށް ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައި އަމީން ވިދާޅުވީ ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތުގެ ސަބަބުން ޓެކްސީ ކުރާ އަމިއްލަ ފަރާތްތަކުން ދޭ ހިދުމަތަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ ފަރާތްތަކަށް ގެއްލުން ނުވާނެ ކަމަށެވެ.

ސަރުކާރުން ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ، ރައްޔިތުން ބޭނުންވާ ކަހަލަ ހިދުމަތެއްގެ ގޮތުގައި ޓެކްސީ ހިދުމަތް މިހާރު ލިބެމުން ނުދިއުން ކަމަށާއި ސަރުކާރުން ތައާރަފު ކުރާ ޓެކްސީ ލައިނާ އެކު، ނަމޫނާ ޓެކްސީގެ ހިދުމަތެއް ފެނިގެންދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

Advertisement

Advertisement 1

އަމީން ވިދާޅުވީ ޓެކްސީ ނުލިބޭ މައްސަލަ އާއި ރައްޔިތުން ބޭނުންވާ ކަހަލަ ހިދުމަތެއް ނުލިބޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އަބަދުވެސް އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. ބައެއް ޓެކްސީ ޑްރައިވަރުން އެމީހުން ބޭނުން ވަގުތެއްގައި, އެމީހުން ދާން ބޭނުންވާ ތަނަކަށް އެކަނި ނޫނީ ދަތުރުތައް ނުނަގާ މައްސަލައަކީ ދިރާސާއެއް ނުކުރި ނަމަވެސް، ފެންނަން އޮތް ހަގީގަތެއް ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަރުކާރުން އާރްޓީއެލް ބަހުގެ ހިދުމަތް ފެށި ދުވަސްވަރު ވެސް ޓެކްސީ ޑްރައިވަރުން އެކަމާ އިހުތިޖާޖުކޮށް, ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. ނަމަވެސް މިއަދު އާރުޓީއެލްގެ ހިދުމަތް ދުވާލަކު 27,000 އެއްހާ މީހުން ބޭނުންކުރާއިރު، އެކަމުން ވެސް ޓެކްސީ ހިދުމަތަށް އަސަރެއް ކޮށްފައި ނެތް ކަމަށާއި އެކަމުން ރައްޔިތުންނަށް ލިބުނު ފައިދާ މާ ބޮޑު ކަމަށް އަމީން ވިދާޅުވި އެވެ.

"ފެންނަން އޮތް ހަގީގަތަކީ މާލޭގައި ބޭނުންވާ ގޮތަށް ޓެކްސީ ހިދުމަތް ނުދެވޭކަން," އަމީން ވިދާޅުވި އެވެ.

"މިނިސްޓްރީއަށް ގިނަ ޝަކުވާ ލިބޭ. މާލެ ތެރެއަށް ޓެކްސީ ނުލިބުމާއި ހަމައެކަނި ހުޅުލެ އާއި ހުޅުމާލެއަށް ދާން ޓެކްސީ ދަތުރު ނަގާ ވާހަކަ. ސަރުކާރުން ހިދުމަތް ފަށާއިރު މާލެ ތެރޭގައި ދުއްވަން ފަސޭހަ ސައިޒުން ކުދި އުޅަނދު ވެސް ގެންނާނެ."

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ 100 ޕަސެންޓް ތިމާވެއްޓާއި ރަށްޓެހި އުޅަނދުތަކެވެ. އޭގެ ތެރޭގައި ތިން ސައިޒެއްގެ ވެހިކަލް ހިމެނޭ އެވެ. އަދި 24 ގަޑިއިރު އެ ހިދުމަތް ދިނުމަށް ދާއިމީ ވަޒީފާގެ ގޮތުގައި ޑްރައިވަރުން ނަގަން ވަނީ ނިންމައިފަ އެވެ. އަދި ޕާޓް-ޓައިމްކޮށް ޓެކްސީ ދުއްވަން ބޭނުންވާ ޑްރައިވަރުންނަށް އެ ފުރުސަތު ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާޓެކްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސީ ލައިން އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށައަޅައިފި

ޓެކްސީ ލައިން އެޕް ހެކުކުރި މައްސަލަ ފުލުހުންނަށް ހުށައަޅައިފިން: އެމްޓީސީސީ

19 ދުވަސް ކުރިން - 17:09

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

ޓެކްސީ އެޕްލިކޭޝަންގެ މައުލޫމާތުތައް ބަދަލުކޮށް ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

20 ދުވަސް ކުރިން - 19:59

މާފަންނު ބަސް ޓާމިނަލްގައި "މާލެ ޓެކްސީ ލައިން" އެޕަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް އެމްޓީސީސީން ކުރިއަށް ގެންގޮސްފި

"މާލެ ޓެކްސީ ލައިން" އެޕަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް އެމްޓީސީސީން ކުރިއަށް ގެންގޮސްފި

21 ދުވަސް ކުރިން - 16:32

ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން: މިނިސްޓަރު ސައީދު

“ޓެކްސީ ނަފާ ލޯނު ސްކީމްގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނަން”

134 ދުވަސް ކުރިން - 23:35

މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

ޓެކްސީލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގުނަގަން ފަށައިފި

140 ދުވަސް ކުރިން - 10:50

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ކާރުތައް ރާއްޖެ ގެންނަން ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެނެސްފި

165 ދުވަސް ކުރިން - 22:06