Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާފަންނު ބަސް ޓާމިނަލްގައި "މާލެ ޓެކްސީ ލައިން" އެޕަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް އެމްޓީސީސީން ކުރިއަށް ގެންގޮސްފި

މާފަންނު ބަސް ޓާމިނަލްގައި "މާލެ ޓެކްސީ ލައިން" އެޕަށް ހޭލުންތެރިކުރުވުމުގެ ސެޝަނެއް އެމްޓީސީސީން ކުރިއަށް ގެންގޮސްފި

އައިޝަތު ރުވާ ރިފްޢަތު
20 ގަޑިއިރު ކުރިން - 15 އޯގަސްޓް 2026 16:32
ޓެކްސީ އެޕަށް މީހުން އަހުލުވެރިކުރުވުމުގެ ސެޝަނުގެ ތެރެއިން. / ފޮޓޯ: އެމްޓީސީސީ
ޓެކްސީ އެޕަށް މީހުން އަހުލުވެރިކުރުވުމުގެ ސެޝަނުގެ ތެރެއިން. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި ހަރަކާތުގައި އެޕް މެދުވެރިކޮށް ދަތުރުތައް ބުކްކުރުމާއި، ޑިޖިޓަލްކޮށް ފައިސާ ދެއްކުމާ ގުޅޭ މައުލޫމާތު ދީފައިވޭ. ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރާ މި ހިދުމަތަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއެއް.

މާލެ ޓެކްސީ ލައިން (އެމްޓީއެލް) މޮބައިލް އެޕްލިކޭޝަނަށް އާންމުން ހޭލުންތެރިކުރުވުމަށާއި، އެ އެޕް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމަށް ހާއްސަ ހަރަކާތެއް މިއަދު މާފަންނު ބަސް ޓާމިނަލްގައި އެމްޓީސީސީން ބާއްވައިފިއެވެ.

މި ހަރަކާތުގެ ތެރެއިން އެމްޓީސީސީގެ ޓީމުތަކުން ވަނީ އާންމުންނާ ބައްދަލުކޮށް، އެޕް މެދުވެރިކޮށް ޓެކްސީ ބުކް ކުރާނެ ގޮތާއި، ދަތުރުތައް ކުރިއަށް ރޭވުމާއި (ޝެޑިއުލް ކުރުން)، އަދި ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދީފައެވެ. މި ސެޝަންގައި އެޕްގެ މުހިންމު ފީޗާތަކުގެ ތެރޭގައި ހިމެނޭ ލައިވް ޓްރެކިންގ، 24 ގަޑިއިރުގެ ކަސްޓަމަރު ސަޕޯޓް، އަދި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ އެސްއޯއެސް (SOS) ފީޗާގެ މައުލޫމާތު ހިމެނޭ ބެނާތައް ބޭނުންކޮށްފައިވެއެވެ. މީގެ އިތުރުން، އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ ކިއުއާރު ކޯޑް ހިމެނޭ ލީފްލެޓްތައް ބަހައި، އެޕް އަޅައިދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މާލެ ޓެކްސީ ލައިން އަކީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްނަންގަވައިގެން، އެޕްރީލް 2026 ގައި އިފްތިތާޙްކުރެއްވި ސަރުކާރުގެ ހިދުމަތެކެވެ. އެމްޓީސީސީން ހިންގާ މި ހިދުމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެވެ. އެޕްގެ އިތުރުން ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް މި ހިދުމަތް ހޯދޭނެއެވެ.

Advertisement

Advertisement 1

"ރައްޔިތުންގެ ޓެކްސީ" އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަކީ ވިލިމާލެ، ވެލާނާގެ، އަދި އެހެނިހެން ބަސް ޓާމިނަލްތައް ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އެމްޓީސީސީގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ހިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.

އެމްޓީސީސީޓެކްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

މަސްވެރިންގެ ޕާކު ސަރަހައްދުގައި ދެވަނަ ޕަމްޕް ސްޓޭޝަން ގާއިމްކޮށް ނިންމާލައިފި

1 ދުވަސް ކުރިން - 16:30

އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ

އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ

4 ދުވަސް ކުރިން - 14:23

ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް 3 ޕަމްޕު ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ

“އޮގަސްޓު 15 އިގެ ފަހުން ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވާ މައްސަލަ ދާއިމީކޮށް ހައްލުވާނެ”

16 ދުވަސް ކުރިން - 18:20

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

22 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

24 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

25 ދުވަސް ކުރިން - 11:30