Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ކާރުތައް ރާއްޖެ ގެންނަން ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ކާރުތައް ރާއްޖެ ގެންނަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
71 ދުވަސް ކުރިން - 24 މާޗް 2026 22:06
ޓެކްސީ ލައިންގެ ހިދުމަތަށް މިއަދު އެތެރެ ކުރި ކާރެއް---ފޮޓޯ:އެމްޓީސީސީ
ޓެކްސީ ލައިންގެ ހިދުމަތަށް މިއަދު އެތެރެ ކުރި ކާރެއް---ފޮޓޯ:އެމްޓީސީސީ
ޚުލާސާ

ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު. މިކަމަށްޓަކައި މުޅި ޖުމްލަ 150 ކާރު ގެންނާނެ.

މާލޭ ސަރަޙައްދުގައި ސަރުކާރުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ކާރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

މި މަޝްރޫއުގެ ދަށުން ފުރަތަމަ ބުރުގައި 60 ކާރު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި ދެވަނަ ޝިޕްމަންޓުގައި ހިމެނޭ 90 ކާރު މިމަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުގެ ދަށުން މުޅި ޖުމްލަ 150 ކާރު ހިދުމަތަށް ނެރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ މި ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު އެވެ. މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނީ އެކަމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. މާލޭ ސަރަހައްދުގައި ފަށާ މި ހިދުމަތަކީ 24 ގަޑިއިރު ރައްޔިތުންނަށް ލިބިގެންދާނެ ހިދުމަތެކެވެ.

Advertisement

Advertisement 1

މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޗަންގަން އޮޓޯމޮބިލް" ގެ ކާރުތަކެވެ. ތިމާވެއްޓާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މި ހިދުމަތުގައި ބޭނުންކުރާނީ %100 ތިމާވެއްޓާ ރައްޓެހި (އިލެކްޓްރިކް) އުޅަނދުތަކެކެވެ. މި ހިދުމަތުގައި ތިން ސައިޒެއްގެ އުޅަނދުތައް ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއަކީ ސަރުކާރުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޓެކްސީގެ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ޓެކްސީއެމްޓީސީސީޓްރާންސްޕޯޓް

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

17 ގަޑިއިރު ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

1 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

2 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

3 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

9 ދުވަސް ކުރިން - 22:02

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

17 ދުވަސް ކުރިން - 15:36