ޓީއެންޓީ ފުޓްސަލް ޗެލެންޖް: އަސްތާ! ރޭ 57 ގޯލް…!

އުސްތާޛް މުޙައްމަދު ޢަލީ | 17 ގަޑިއިރު ކުރިން - 7 މޭ 2025 10:50
ރޭ އެންމެ ގިނަ ގޯލް ޖެހި މެޗުގެ މޮޅު ކުޅުންތެރިޔާ: ބަވަނަ ޓީމުގެ މުހައްމަދު ރިފާއު ހަސަން އަށް ޕްލެޔަރ އޮފް ދަ މެޗްގެ އިނާމް ހަވާލު ކުރަނީ / ފޮޓޯ އިލާލާ ފުޓްސެލް ޗެލެންޖް2025
ރޭ އެންމެ ގިނަ ގޯލް ޖެހި މެޗުގެ މޮޅު ކުޅުންތެރިޔާ: ބަވަނަ ޓީމުގެ މުހައްމަދު ރިފާއު ހަސަން އަށް ޕްލެޔަރ އޮފް ދަ މެޗްގެ އިނާމް ހަވާލު ކުރަނީ / ފޮޓޯ އިލާލާ ފުޓްސެލް ޗެލެންޖް2025
ޚުލާސާ

ރޭ އެންމެ ގިނަ ގޯލް ޖެހީ މީގެ ކުރިން ވެސް ބޮޑު ތަފާތަކުން ބަލިވެފައިވާ ޖަނަވަރީޔަންސް ކޮޅަށް.

މިހާރު ކުރިޔަށްދާ އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ކުޅުނު 8 މެޗުގައި ޖުމްލަ 57 ގޯލް ފެނިއްޖެއެވެ.

ރޭ އެންމެ ގިނަ ގޯލް ފެނުނު މެޗަކީ ސްޕޯޓްސް ކްލަބް ބަފަނަ އާއި ޖަނަވަރީޔަންސް އެފްސީ ބައްދަލުކުރި މެޗެވެ. މި މެޗުގައި ޖުމްލަ 26 ގޯލް ފެނިފައިވާއިރު ބަފަނަ މޮޅުވީ 25-1 ލަނޑުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗު ވެސް ބަފަނަ ފެށީ 7 ލަނޑުގެ ބޮޑު މޮޅަކުންނެވެ. އެއީ 7-1 އިން ގަލަކްޓިކޯސް ބަލިކޮށްގެންނެވެ.

ރޭ ޖަނަވަރީޔަންސް ކޮޅަށް ބަފަނަ އިން 25 ގޯލް ޖެހިއިރު، ބަފަނައިން ބަލިކުރި ގަލަކްޓިކޯސް ވަނީ ކުރިންރޭ ކުޅުނު މެޗުގައި ޖަނަވަރީޔަންސް ކޮޅަށް 30 ގޯލް ޖަހާފައިކަން ވެސް ފާހަގަ ކުރެވެއެވެ. އެ މެޗު ނިމުނީ 30-1 ލަނޑުން ގަލަކްޓިކޯސް މޮޅުވެގެންނެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެސްސީ ޝެޑޯސް ވަނީ ވަސިލަސް ގެ މައްޗަށް 5-0ކުން ކުރި ހޯދާފައެވެ. ވަސިލަސް އަށް މިހާތަނަށް މޮޅެއް ލިބިފައި ނުވާއިރު މީގެ ކުރިން އެމީހުން ވަނީ ފަސްތަރި އަތުން 2-1 އިން ބަލިވެ، އެމްޕޯރިއަމް އަތުން 4-1 އިން ބަލިވެފައެވެ.

ރޭ ބަފަނަ މެޗަށްފަހު ދެން އެންމެ ގިނަ ގޯލް ފެނުނީ 6 ލަނޑު ޖެހި މެޗުތަކުގައެވެ. އެއީ ގަލަކްޓިކޯ އާއި ލޮތާރި ކުޅުނު މެޗާއި، ޔޫއެން ފްރެންޑްސް އާއި އާކޯން ކުޅުނު މެޗާއި އާރްބީއެލް އާއި ލަ ފެމީލިއާ އެފްސީގެ މެޗެވެ.

ރޭ ކުޅުނު ހުރިހާ މެޗުތަކުގެ ނަތީޖާ

އެސްސީ ޝެޑޯސް vs ވާސިލާސް - 5-0

އެމްޕޯރިއަމް އެސްސީ vs ފަސްތަރި އެފްސީ - 2-1

ސްޕޯޓްސް ކްލަބް ބަފަނަ vs ޖޭއެސްސީ ޖަނަވަރީޔަންސް އެފްސީ - 25-1

ގަލަކްޓިކޯސް vs ކްލަބް ލޮތާރި - 5-1

ޔޫއެން ފްރެންޑްސް vs އާކޮންސް - 1-5

ކްލަބް ޕީކޭ vs ލޮރެންޒޯ ސްޕޯޓްސް ކްލަބް - 2-1

އާރްބީއެލް ސްޕޯޓްސް ކްލަބް vs ލަ ފެމީލިއާ އެސްސީ - 4-2

އެފްސީ އަމީގޯސް vs އަނާކީ - 2-0


މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުތަކެވެ.

20:00 ގައި

ޕާކް ސްޕޯޓްސް ކްލަބް vs އަނާކީ ސްޕޯޓްސް ކްލަބް

ޕާކް ބޯއީސް vs ބަގޭސް


21:00 ގައި

ވީއެންޓީ ފުޓްސަލް ވެރިއާސް vs ކިންގްސް ކްރޫ

ދިޔަމިގިލި އެފްޓީ vs ގޫވަލް އެފްސީ


22:00 ގައި

ބްރަދާސް އޮފް ދަ ގްރާންޑޭ އެސްސީ vs ޕީކޭ އެކަޑަމީ

ޓީއެފްޓީ vs ޔުނައިޓެޑް އީސްޓް ކޯސްޓް

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%