Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނޭވާ ހިފަހައްޓާލާ ކުޅުމަކަށްފަހު ޕާކް ބޯއީސް ސެމީއަށް

ނޭވާ ހިފަހައްޓާލާ ކުޅުމަކަށްފަހު ޕާކް ބޯއީސް ސެމީއަށް

އުސްތާޛް މުޙައްމަދު ޢަލީ
396 ދުވަސް ކުރިން - 11 މެއި 2025 13:10
ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕާކް ބޯއީސް ގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ދަނީ. ޕާކް ބޯއީސް އިން ވަނީ ރޭ ގަލަކްޓިކޯސް ބަލިކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފަ.
ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕާކް ބޯއީސް ގެ ކުޅުންތެރިޔަކު ބޯޅަ ހިފައިގެން ދަނީ. ޕާކް ބޯއީސް އިން ވަނީ ރޭ ގަލަކްޓިކޯސް ބަލިކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފަ.
ޚުލާސާ

ގަލަކްޓިކޯއާއި ކުޅެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވަރުވެފައިވާތީ ނަތީޖާ ނެރުނީ ޕެނަލްޓީގައި.

ރާއްޖޭގެ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް 2025 ގައި ރޭ ފޯރިގަދަ ކުޅުމަކަށްފަހު ޕާކް ބޯއީސް އިން ސެމީގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ކުއާޓަ ފައިނަލުގައި ގަލަކްޓިކޯއާއި ކުޅެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރު ވެފައެވެ. އެހެންވެ، ނަތީޖާ ނެރުނީ ޕެނަލްޓި ޖަހައިގެންނެވެ.

ރޭ ފުރަތަމަ ގޯލު ޖެހީ ވެސް ގަލަކްޓިކޯސް އިންނެވެ. އެ ގޯލް ޖަހައިދިނީ މުބާރާތުގައި މޮޅު ކުޅުމެއް ކުޅެމުން އަންނަ އަލްސަން އެވެ.

Advertisement

Advertisement 1

ގަލަކްޓިކޯސްގެ ކުޅުންތެރިޔެއްގެ އަތުން ބޯޅަ ހޯދުމަށް ޕާކް ބޯއީސްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ. މި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކުރީ ޕާކް ބޯއީސް.. / ފޮޓޯ: ޓީއެންޓީ ފުޓްސަލް ޗެލެންޖް 2025

ފުރަތަމަ ހާފް ނިންމާލީ 1-0 އިން ޕާކް ބޯއީސް ބަލިވެފައި އޮވެގެންނެވެ. އެހެންނަމަވެސް، އިތުރު ހިއްވަރަކާއެކު ހުމޭޒްގެ ޕާހަކުން މުހައްމަދު އިޔާދު ވަނީ ނަތީޖާ ހަމަހަމަކޮށްދީ، ޕެނަލްޓީގައި ޓީމު މޮޅުވުމަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

ރޭ ނޭވާ ހިފަހައްޓައިގެން ތިބޭ ވަރުގެ ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ.

ޕެނަލްޓީގައި ގަލަކްޓިކޯސްގެ 2 ޕެނަލްޓީ، ޕާކް ބޯއީސްގެ ކީޕަރު ސަލީލް ވަނީ ސޭވް ކޮށްފައެވެ. އޭނާ އަކީ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސް މެއެވެ.

ގަލަކްޓިކޯސް 1-3 އިން ބަލިކޮށް ޒުވާން ހުނަރުވެރި ޕާކް ބޯއީސް ސެމީއަށް ދިޔައިރު، އެ ޓީމު ސެމީގައި ބައްދަލުކުރަން ޖެހެނީ ޕީކޭ އެކަޑަމީއާއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާސާއެވެ.

ކުއާޓައިން ފެށިގެން މެޗުތައް މުބާރާތުގެ ޕޭޖުންނާއި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާކަން ވެސް ފާހަގަ ކުރެވެއެވެ.

ޓީއެންޓީ ފުޓްސެލް ޗެލެންޖު
Ad
Ad

ގުޅޭ ޚަބަރުތައް

ރާއްޖޭގެ އެންމެ ވަރުގަދަ 23 އަހަރުން ދަށުގެ ފުޓްސަލް ތަށި ޕާކް ސްޕޯޓްސް ދިފާޢު ކޮށްފި

ފުޓްސަލް ތަށި ޕާކް ސްޕޯޓްސް ދިފާޢު ކޮށްފި

393 ދުވަސް ކުރިން - 12:16

އިލާލާ ޓީއެންޓީ ޔޫ23 ފުޓްސަލް ޗެލެންޖް2025: އެންމެ ފަހުގެ ޗެމްޕިއަން ޕާކްއެސްސީ ވެސް ފައިނަލަށް!

އެންމެ ފަހުގެ ޗެމްޕިއަން ޕާކްއެސްސީ ވެސް ފައިނަލަށް!

395 ދުވަސް ކުރިން - 08:10

އިލާލާ ޓީއެންޓީ ޔޫ23 ފުޓްސަލް ޗެލެންޖް2025: ފައިނަލުގެ ފުރަތަމަ ޖާގަ ޕާކް ބޯއީސް އަށް

ފައިނަލުގެ ފުރަތަމަ ޖާގަ ޕާކް ބޯއީސް އަށް

395 ދުވަސް ކުރިން - 07:48

ޕީކޭ ސެމީއަށް ދިޔައިރު ތިމަރަފުށި ލަނޑު ގޯންޏަކާއެކު ސެމީއަށް

ޕީކޭ ސެމީއަށް ދިޔައިރު ތިމަރަފުށި ލަނޑުގޯންޏަކާއެކު ސެމީއަށް

396 ދުވަސް ކުރިން - 14:06

ފަހު ވަގުތު ޕީކޭ އިން ގޯލު ޖަހައި އަމިގޯސް ރޮއްވާލައިފި

ފަހުވަގުތު ޕީކޭއިން ގޯލު ޖަހައި އަމިގޯސް ރޮއްވާލައިފި

396 ދުވަސް ކުރިން - 13:33

ޓީ.އެން.ޓީ ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލް މިރޭ!

ޓީ.އެން.ޓީ ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލް މިރޭ!

397 ދުވަސް ކުރިން - 13:58

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%