Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގެ އެންމެ ވަރުގަދަ 23 އަހަރުން ދަށުގެ ފުޓްސަލް ތަށި ޕާކް ސްޕޯޓްސް ދިފާޢު ކޮށްފި

ރާއްޖޭގެ އެންމެ ވަރުގަދަ 23 އަހަރުން ދަށުގެ ފުޓްސަލް ތަށި ޕާކް ސްޕޯޓްސް ދިފާޢު ކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
438 ދުވަސް ކުރިން - 14 މެއި 2025 12:16
ޗެމްޕިއަން ޕާކް ސްޕޯޓްސްއަށް ކުޅިވަރާބެހޭ ވަޒީރު ތަށި ޙަވާލުކުރަނީ / ފޮޓޯ: ޚުލާޞާ
ޗެމްޕިއަން ޕާކް ސްޕޯޓްސްއަށް ކުޅިވަރާބެހޭ ވަޒީރު ތަށި ޙަވާލުކުރަނީ / ފޮޓޯ: ޚުލާޞާ
ޚުލާސާ

ޕާކް ސްޕޯޓްސް ކްލަބް ތަށި ދިފާޢުކުރީ ޕާކް ބޯއީސް އާއި ކުޅެ 3-0 ލަނޑުން މެޗު ކާމިޔާބުކޮށްގެން.

އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް 2025 ގެ ޗެމްޕިއަން ޓީމަށް ރޭ ލިބުނު ފަޚުރުވެރި ޓްރޮފީ / ފޮޓޯ: ޚުލާޞާ

ރޭ ކުޅުނު ރާއްޖޭގެ ފުޓްސަލް މައިދާނުގައި އެންމެ އަގުބޮޑު 23 އަހަރުން ދަށުގެ މުބާރާތް ކަމަށްވާ "އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025" ގެ ފައިނަލް މެޗު، ޕާކް ބޯއީސް ކޮޅަށް 3 ލަނޑު ޖަހައިގެން ޕާކް ސްޕޯޓްސް ކުލަބުން އެ ޓީމުގެ ޗެމްޕިއަންކަން ފަޚުރުވެރިކަމާއެކު ދިފާއުކޮށްފިއެވެ.

Advertisement

Advertisement 1

ފޯރި ގަދަ މި މުބާރާތުގެ ފައިނަލުގައި ޕާކް ސްޕޯޓްސް ކުލަބު ރޭ ވާދަކުރީ މި މުބާރާތުގައި އަލަށް ބައިވެރިވެ ފައިނަލަށް ދަތުރުކުރި ޕާކް ބޯއީސްއާ ދެކޮޅަށެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ސޯޝަލްމީޑިއާއިންނާއި ޔީޓިއުބް އިން ވަގުތުން ދުރަށް ދެއްކިއިރު. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާޞާ އެވެ

އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް 2025 ގެ މީޑިއާ ޕާޓްނަރު ޚުލާޞާގެ ފަންނުވެރި އަމަން ހަނދާނީ ފިލާ އާއި ޙަވާލުވަނީ / ފޮޓޯ: ޚުލާޞާ

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ދެއްކީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަމަވެސް މެޗުގެ ހަތަރުވަނަ މިނެޓުގައި ޕާކް ސްޕޯޓްސް ކުލަބުގެ މުހައްމަދު އިސާމް ވަނީ އެ ޓީމަށް ލީޑު ހޯދައިދީފައެވެ. މި ލަނޑު އޭނާ ޖެހީ ޝަނާން ރަޝާދު ކޯނަރުން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ޖަހައިގެންނެވެ. ފުރަތަމަ ހާފު ނިމުނުއިރު ސްކޯރ އަކީ 1-0 އެވެ.

ދެވަނަ ހާފުގައި ޕާކް ސްޕޯޓްސް ކުލަބުން ވަނީ އިތުރު ދެ ލަނޑު ޖަހައި، މުޅި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. މި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ޖެހީ ޝަނާން ރަޝާދެވެ. އަނެއް ލަނޑަކީ ޕާކް ބޯއީސްގެ ނާއިލްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޕާކް ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު ފައްޔާޒު ފަޔާޒެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ، ޕާކް ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު ފައްޔާޒު ފަޔާޒް އަށް ހަނދާނީ ފިލާ އަރުވަނީ. / ފޮޓޯ: ޚުލާޞާ

މުބާރާތުގެ އެހެނިހެން އެވޯޑުތަކަށް ބަލާއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދީ ސްޕޯޓްސް ކްލަބް ބަފާނާގެ މުހައްމަދު ރިފާއު ހަސަނެވެ.

އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް 2025 ގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ހޯދި ސްޕޯޓްސް ކްލަބް ބަފާނާގެ މުހައްމަދު ރިފާއުއަށް ހަނދާނީ ފިލާ އަރުވަނީ / ފޮޓޯ: ޚުލާޞާ

ފެއަރ ޕްލޭ ކުޅުންތެރިޔާގެ މަޤާމު ހޯދީ ކްލަބް ގަލަކްޓިކޯސްގެ އަހުމަދު ރާހިލް ރަޝީދެވެ. އަދި ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ޕީކޭ އެކަޑެމީއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕީކޭ އެކަޑެމީގެ ކޯޗް އަހުމަދު ވިސާލެވެ.

އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް 2025 ގެ ކްލަބް ގަލަކްޓިކޯސްގެ އަހުމަދު ރާހިލް ރަޝީދު އަށް ހަނދާނީ ފިލާ އަރުވަނީ / ފޮޓޯ: ޚުލާޞާ

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

އިބްރާހިމް ޝައުފު މުހައްމަދު (ޕާކް ބޯއީސް)،

ޝަނާން ރަޝާދު (ޕާކް ސްޕޯޓްސް ކުލަބު)،

އަހުމަދު އަފްލާޒް (ޓީއެފްޕީ)،

ފައްޔާޒު ފަޔާޒް (ޕާކް ސްޕޯޓްސް ކުލަބު) އަދި

މުހައްމަދު ޝާއިން (ޕާކް ސްޕޯޓްސް ކުލަބު) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ޕާކް ސްޕޯޓްސް ކުލަބުގެ ޝަނާން ރަޝާދެވެ.

"އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2025" ގެ ސަބަބުން، ރާއްޖޭގެ ޒުވާން ފުޓްސަލް ކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބި، ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ކުޅުންތެރިން އުފެދިގެން ދިޔަކަން ފާހަގަކުރެވެއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާޞާ އެވެ.

ޓީއެންޓީ ފުޓްސެލް ޗެލެންޖު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިލާލާ ޓީއެންޓީ ޔޫ23 ފުޓްސަލް ޗެލެންޖް2025: އެންމެ ފަހުގެ ޗެމްޕިއަން ޕާކްއެސްސީ ވެސް ފައިނަލަށް!

އެންމެ ފަހުގެ ޗެމްޕިއަން ޕާކްއެސްސީ ވެސް ފައިނަލަށް!

440 ދުވަސް ކުރިން - 08:10

އިލާލާ ޓީއެންޓީ ޔޫ23 ފުޓްސަލް ޗެލެންޖް2025: ފައިނަލުގެ ފުރަތަމަ ޖާގަ ޕާކް ބޯއީސް އަށް

ފައިނަލުގެ ފުރަތަމަ ޖާގަ ޕާކް ބޯއީސް އަށް

440 ދުވަސް ކުރިން - 07:48

ޕީކޭ ސެމީއަށް ދިޔައިރު ތިމަރަފުށި ލަނޑު ގޯންޏަކާއެކު ސެމީއަށް

ޕީކޭ ސެމީއަށް ދިޔައިރު ތިމަރަފުށި ލަނޑުގޯންޏަކާއެކު ސެމީއަށް

441 ދުވަސް ކުރިން - 14:06

ފަހު ވަގުތު ޕީކޭ އިން ގޯލު ޖަހައި އަމިގޯސް ރޮއްވާލައިފި

ފަހުވަގުތު ޕީކޭއިން ގޯލު ޖަހައި އަމިގޯސް ރޮއްވާލައިފި

441 ދުވަސް ކުރިން - 13:33

ނޭވާ ހިފަހައްޓާލާ ކުޅުމަކަށްފަހު ޕާކް ބޯއީސް ސެމީއަށް

ނޭވާ ހިފަހައްޓާލާ ކުޅުމަކަށްފަހު ޕާކް ބޯއީސް ސެމީއަށް

441 ދުވަސް ކުރިން - 13:10

ޓީ.އެން.ޓީ ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލް މިރޭ!

ޓީ.އެން.ޓީ ފުޓްސަލް ޗެލެންޖުގެ ކުއާޓަރ ފައިނަލް މިރޭ!

442 ދުވަސް ކުރިން - 13:58