އިލާލާ ޓީއެންޓީ ޔޫ23 ފުޓްސަލް ޗެލެންޖް2025: ފައިނަލުގެ ފުރަތަމަ ޖާގަ ޕާކް ބޯއީސް އަށް

އުސްތާޛް މުޙައްމަދު ޢަލީ | 207 ދުވަސް ކުރިން - 12 މޭ 2025 07:48
ރޭ ކުލަބް ޕީކޭ ބަލިކޮށް ޕާކް ބޯއީސް ފައިނަލަށް ދަތުރުކުރި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ޕާކް ބޯއީސްގެ ޖ.ނަމްބަރު 30، އިބްރާހީމް ޝައުފް މުޙައްމަދު (ވ).
ރޭ ކުލަބް ޕީކޭ ބަލިކޮށް ޕާކް ބޯއީސް ފައިނަލަށް ދަތުރުކުރި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ޕާކް ބޯއީސްގެ ޖ.ނަމްބަރު 30، އިބްރާހީމް ޝައުފް މުޙައްމަދު (ވ).
ޚުލާސާ

ޕާކް ބޯއީސް ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ 3-0 އިން ކްލަބް ޕީކޭ ބަލިކޮށްގެން.

ރާއްޖޭގައި ކުޅޭ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް ކަމަށްވާ އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް2025 ގެ ފައިނަލުގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކަށް ޕާކް ބޯއީސް ވެއްޖެއެވެ.

ޓީއެންޓީ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބް އިން ވެސް ވަގުތުން ދުރަށް ދެއްކި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗަކީ މި މުބާރާތުގެ 55 ވަނަ މެޗެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ޚުލާޞާ އެވެ.

ރެހެންދި ސްޓޭޑިއަމް 1 ގައި ރޭ ޕާކް ބޯއީސް އިން ސެމީގައި ނުކުތީ ކްލަބް ޕީކޭއާއި ދެކޮޅަށެވެ. މި މެޗު ޕާކް ބޯއީސް އިން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕާކް ބޯއީސްގެ ޖ.ނަމްބަރު 30، އިބްރާހީމް ޝައުފް މުޙައްމަދެވެ.

ފައިނަލުގައި ޕާކް ބޯއީސްއިން ބައްދަލުކުރާނީ ޕާކް ސްޕޯޓްސް ކުލަބާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%