Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންޑިއާ-ޕާކިސްތާން ހަމަލާ: 12މަރު، އިންޑިއާގެ 5 ޖެޓް ވައްޓާލައިފި!

އިންޑިއާ-ޕާކިސްތާން ހަމަލާ: 12މަރު، އިންޑިއާގެ 5 ޖެޓް ވައްޓާލައިފި!

ޖަވާދު
395 ދުވަސް ކުރިން - 7 މެއި 2025 09:13
ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ ޖެޓެއް ވެއްޓިފައި.
ޕާކިސްތާނުން ދިން ހަމަލާގައި އިންޑިއާގެ ޖެޓެއް ވެއްޓިފައި.
ޚުލާސާ

އިންޑިއާގެ ހަމަލާގައި ޕާކިސްތާނުގެ 9 މީހުން މަރުވެ 38 މީހުން ޒަހަމްވެއްޖެ. ޕާކިސްތާނުން ވަނީ އިންޑިއާގެ ހަނގުރާމަމަތީ 5 ޖެޓާއި ޑްރޯނެއް ވައްޓާލައި އިތުރު ބަޔަކު މަރާލާފައި.

ރޭ މެންދަމު އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނާއި ޕާކިސްތާނުން ހިންގާ ކަޝްމީރުގެ ނުވަ ތަނަކަށް ހަމަލާދީފިއެވެ. މި އޮޕަރޭޝަނަކީ އޭޕްރީލް 22 ވަނަ ދުވަހު ހިންދޫ 26 ފަތުރުވެރިން މަރުވި ޕަހަލްގަމް ހަމަލާއާއި ގުޅިގެން ރައްދުގައި ދިން ޙަމަލާއެކެވެ.

އިންޑިއާއިން ދިން ހަމަލާގައި ޕާކިސްތާނުގެ ކަޝްމީރުގެ އިމާރާތަކަށް ލިބިފައިވާ ގެއްލުންތަކެއް.

Advertisement

Advertisement 1

އިންޑިއާއިން ބުނެފައިވާ ގޮތުގައި މި ހަމަލާތައް އަމާޒުކޮށްފައިވަނީ ލަޝްކަރެ ތައިބާ އަދި ޖައިޝޭ މުހައްމަދު ފަދަ ގްރޫޕްތަކާ ގުޅުންހުރި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ ނައްތާލުމަށެވެ. އަދި ޕާކިސްތާނުގެ އެއްވެސް އަސްކަރީ މަރުކަޒަކަށް އަމާޒުކޮށްފައި ނުވާ ކަމަށް އިންޑިއާއިން ބުނެފައިވެއެވެ.

ޕާކިސްތާނުގެ އިދާރާތަކުން ބުނާ ގޮތުގައި، އިންޑިއާގެ ހަމަލާތަކުގައި މަދުވެގެން އާންމުންގެ 9 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ކުޑަކުއްޖަކު ހިމެނެއެވެ. އަދި 38 މީހަކު ޒަޚަމްވެފައިވެއެވެ. ބަހާވަލްޕޫރުގެ މިސްކިތަކަށްވެސް ހަމަލާ އަމާޒުވެފައިވެއެވެ.

އިންޑިއާއިން ދިން ހަމަލާގައި މިސްކިތަށް ލިބިފައިވާ ގެއްލުންތައް.

ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުން ވަނީ އިންޑިއާގެ ހަނގުރާމަމަތީ 5 ޖެޓާއި ޑްރޯނެއް ވައްޓާލާފައެވެ. މީގެ އިތުރުން، ޕާކިސްތާނުން ދިން ހަމަލާއެއްގައި އިންޑިއާގެ ކަޝްމީރު ފަޅީގެ ތިން މީހުން މަރުވެފައިވެއެވެ.

މި ހާދިސާތަކާ ގުޅިގެން ނިއުކްލިއާ ހަތިޔާރު އެޅި ދެ ޤައުމުގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައި ވެއެވެ. ވައިގެ ސަރަޙައްދު ބަންދުވުމާއި ފްލައިޓްތައް ކެންސަލްވަމުންދާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ.

މިހާރު ދެ ޤައުމު ވެސް އޮތީ ހައި އެލާޓްގައެވެ.

އިންޑިއާއިންޑިއާ-ޕާކިސްތާންޕާކިސްތާން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 18:30

އަފްޣާން ރައްޔިތުން ދަތުރުކުރި ލޮރީއެއް ފުރޮޅާލައި 18 މީހުން މަރުވެއްޖެ

އަފްޣާން ރައްޔިތުން ދަތުރުކުރި ލޮރީއެއް ފުރޮޅާލައި 18 މީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 19:34

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

އޮޔާއި ވަޔާއެކު ވެއްޓިދާނެތީ އިންޑިއާގައި ބެހެއްޓި މެސީގެ ބުދު ނަގަނީ

8 ދުވަސް ކުރިން - 15:05

އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

އަވަށްޓެރި އިންޑިއާއާއި ބަންގްލަދޭޝް އީދު ފާހަގަކުރާނީ މާދަމާ

10 ދުވަސް ކުރިން - 13:09

ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

ތެލުގެ އަގު ދަށަށް ހިނގައްޖެ

11 ދުވަސް ކުރިން - 16:42

ޕާކިސްތާނުގައި ރޭލަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ބޮމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ

12 ދުވަސް ކުރިން - 21:02