ސިޔާމްގެ އަތުން މިނާވަރު އަތުލަނީ އެއްބަސްވުމާ ޚިލާފުވުމުން: މިނިސްޓްރީ

އައިޝަތު އީމާން | 18 ދުވަސް ކުރިން - 6 މޭ 2025 18:02
ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް މުޙައްމަދު.
ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމް މުޙައްމަދު.
ޚުލާސާ

ކަންކަން ރަނގަޅުކުރުމަށް މި އަހަރުގެ މާރޗް 19 އިން ފެށިގެން 30 ދުވަހުގެ މުއްދަތެެއް ދިނީމަވެސް، ނޯޓިސްއާއި ވެސް ވަނީ ޚިލާފުވެފަ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ސަރުކާރުން ނިންމާފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނާ ގޮތުގައި، މިނާވަރު ކުއްޔަށް ދީފައިވަނީ ދަނޑުވެރިކަމާއި ވެލިޔު އެޑިޝަން އަދި ޕްރޮސެސިންގގެ މަސައްކަތްތަކަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ވެލިޔު އެޑިޝަން އަދި ޕްރޮސެސިންގގެ އެއްވެސް މަސައްކަތެއް އެ ރަށުގައި ނުކުރާކަން މޮނިޓަރިންގ މަސައްކަތުން ވަނީ ފާހަގަކުރެވިފައެވެ.

"އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅު ކުރުމަށް އިތުރު މުއްދަތެއް ދިނުމުން ވެސް އެކަން ރަނގަޅު ނުކުރުމުގެ ސަބަބުން، މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި މިނާވަރު އަތުލުމަށް ނިންމާފައިވަނީ،" މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ބުނާ ގޮތުގައި، މި އަހަރުގެ މާރޗް 19 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، އެއްބަސްވުމާއި އެއްގޮތަށް ކަންކަން ރަނގަޅުކޮށްފައި ނުވާތީ، ރަށް ސަރުކާރަށް އަތުލުމަށް ނިންމާފައިވަނީ ކަމަށެވެ. މިކަމާއި ގުޅިގެން ސަން ޓްރެވަލްސްއަށް 14 ދުވަހުގެ ނޯޓިސްއެއް ދީފައިވާ ކަމަށް ވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ސަރުކާރުގެ އެއްބަސްވުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%