23 އަހަރުން ދަށުގެ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ އިލާލާ ޓީއެންޓީ ފުޓްސަލް ޗެލެންޖް2025 ގައި ރޭ ވެސް ވަރަށް ފޯރިގަދަ މެޗުތައް ކުޅެފިއެވެ.
މުޅިއެކު 6 މެޗު ރޭ ކުޅުނުއިރު މެޗަކަށްފަހު މެޗެއް ދިޔައީ ފޯރި ގަދަ ވަމުންނެވެ.
ރޭ ކިންގްސް ކްރޫއާއި ދިޔަމިގިލި ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ގޫވަލް އިން ވަނީ 2-1 އިން ވީއެންޓީ ފުޓްސަލް ވޭރިއާސް ބަލިކޮށްފައެވެ.
ޕާކް ބޯއީސް އާއި އަނާކީ މެޗު 2-2 އިން އެއްވަރުވިއިރު ބައިސާގެ މެޗުގައި 8 ގޯލު ފެނުނެވެ. އެ މެޗް އީސްޓް ކޯސްޓު ކޮޅަށް 5 ލަނޑު ބައިސާއިން ޖެހިއިރު މެޗު ނިމުނީ 5-3 އިންނެވެ.
ރޭ ކްލަބް ވަލްޗާސް އާއި ޕާކް ބައްދަލުކުރި މެޗު ފުއްދާލަން ޖެހުނީ ޕޮއިންޓަކާ އެކުއެވެ. ދެޓީމުންކުރެ ކޮންމެ ޓިމަކަށް ވެސް ޖެހުނީ 1 ގޯލެވެ. އެހެންނަމަވެސް ޕާކް ސްޕޯޓްސް ކްލަބާއި ބަގޭސް ކުޅުނު މެޗު ޕާކް ސްޕޯޓްސް ކުލަބުން ވަނީ ކާމިޔާބު ކޮށްފައެވެ. އެއީ 3-0 ލަނޑުންނެވެ.
ރޭގެ މެޗުތަކަކީ އާދަޔާ ޚިލާފަށް ފޯރި ގަދަ މެޗުތަކެކެވެ.